Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 20:36
ެެއައިޖީއެމްއެޗް
ެެއައިޖީއެމްއެޗް
އަޒުމޫން އަހުމަދު
ނުރައްކާތެރި ބަލިތައް
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
2015 ވަނަ އަހަރު ވަނީ ހެޕިޓައިޓިސް ބީ އާ ގުޅޭ ގައިޑްލައިނެއް ނެރެފަ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު ދެނެގަތުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ޚާއްސަ ސާވޭއެއް ކުރިއަށްގެންދަން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއީ ރާއްޖޭގައި މިފަދަ ބަލިތައް ފެތުރިފައިވާ މިންވަރު ނުވަތަ ހާލަތު ދެނެގަތުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ތަފާތު ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ގޮތަށް އަމަލުތައް ހުންނަ ކަމަށް ބެލެވޭ މީހުންނަށް ޚާއްސަ ސަމާލުކަމެއް މި ސަރވޭގެ ތެރެއިން ދޭ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. މި ސާވޭގެ ތެރެއިން ރާއްޖޭގައި ހެޕިޓައިޓިސްގެ ބަލިތަކާ އެޗްއައިވީ އާއި އެނޫންވެސް ނުރައްކާތެރި ބަލިތައް ހުރި މިންވަރު ދެނެގަނެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ޖިންސީ ގުޅުން ހިންގުމުން އަރާ ނުރައްކާތެރި ބަލިތަކާ ގުޅޭ ސާވޭއެއް ރާއްޖޭގައި ހިންގާއިރު  2015 ވަނަ އަހަރު ވަނީ ހެޕިޓައިޓިސް ބީއާ ބެހޭގޮތުން ހޭލުންތެރި ކުރުވާ، މި ބައްޔަށް ކުރެވިދާނެ ފަރުވާތަކާ، މި ބަލިން ރަައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ގައިޑްލައިނެއް އެކުލަވާލާފަ އެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގާ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް ހެޕިޓައިޓިސް ބީ ޖެހިގެން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.

 ހެޕިޓައިޓިސް ބީ އަކީ ގަޔަން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހުމަށް މެދުވެރިވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި ސުރިންޖު ފަދަ ތަކެތި އެކަަކަށް ވުރެ ގިނަ މީހުން ބޭނުން ކުރުމުގެ ސަބަބުން ނެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް