ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 23:02
ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީ
ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސިދާތް އާއި ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކައަށް ކިޔާރާ ދިން ޖަވާބަކީ މިއީ
ކިއާރާ ބުނެފައިވަނީ އޭނާ ހުރީ ސިންގަލްކޮށް ކަމަށް

ބޮލީވުޑްގެ ތަރި ސިދާތް މަލޯތްރާ އާއި ކިއާރާ އަދްވާނީ ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކަ ތަކަށް އެންމެ ފަހުން ކިއާރާ ވެސް ވަނީ ޖަވާބު ދީފައެވެ.

ދާދި ފަހުން ބޭއްވި ފިލްމް ފެއަރ އެވޯޑްގެ ރެޑްކާޕެޓް ގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ކިއާރާ ބުނެފައިވަނީ އޭނާ ސިދާތް އާއި ޑޭޓް ނުކުރާ ކަމަށާއި ހުރީ ސިންގަލްކޮށް ކަމަށެވެ.

މީގެ އިތުރުން ކިއާރާ ވަނީ ރިޕޯޓާރ ގެ ގާތު ކިއާރާ ޑޭޓް ކުރަން ރަނގަޅު މީހަކު އޭނާގެ ވިސްނުމުގައި ހުރިތޯ  އަހާފައެވެ.

"ކޮފީ ވިތް ކަރަން" ޝޯގައި ކިއާރާ އާއި އޮންނަ ގުޅުމާއި ބެހޭގޮތުން ސިދާތް ބުނެފައިވަނީ އެކަހަލަ ކިތަންމެ ވާހަކައެއް ދެކެވޭ ކަމަށާއި އެވާހަކަތައް ތެދަކަށްވާނެ ނަމައޭ ހިތަށް އަރާކަމަށެވެ.

ކިއާރާ އަކީ ވަރަށް ލޯބި ކުއްޖެއް ކަމަށާއި ކިއާރާއާއި އެކު ފިލްމެއް ކުޅެން ކުރިއަށް އޮތް ކަމަށް ސިދާތް ވަނީ ބުނެފައެވެ. ނަމަވެސް ސިދާތް ހުރީ ސިންގަލްކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކޮފީ ވިތް ކަރަން" ޝޯގައި ސިދާތް އާއި އެންމެ ގުޅެނީ ކޮން ތަރިއަކާތޯ ސިދާތްގެ ކުރީގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި ސުވާލު ކުރުމުން ބުނެފައިވަނީ ކިއާރާ އަދްވާނީ އާއި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް