ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 19:09
އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ
އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ
ހޮލީވުޑް ލައިފް
ބޮލީވުޑް
ކޭސަރީ: 7 ދުވަހުން 100 ކްރޯޑް ކްލަބަށް!
މި ފިލްމަށް ޖުމްލަ އާމްދަނީ ވަނީ 100.01 ކްރޯޑް ރުޕީސް ލިބިފައި

މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން އެންމެ އަވަހަށް 100 ކްރޯޑް ކުލަބަށް ވަން ފިލްމަކަށް މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރޮ ފިލްމް "ކޭސަރީ" ވަނީ ވެގެން ގޮސްފައެވެ.

އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައި ވަނީ  ފިލްމް ރިލީޒް ކުރިތާ 7 ދުވަހުގެ ތެރޭގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން ފިލްމް ރިލީޒް ކުރި ބުރާސްފަތި ދުވަހު ފިލްމަށް ވަނީ 21.06 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. ހުކުރު ދުވަހު 16.75 ކްރޯޑް ރުޕީސް، ހޮނިހިރު ދުވަހު 18.75 ކްރޯޑް ރުޕީސް، އާދިއްތަ ދުވަހު 21.51 ކްރޯޑް ރުޕީސް، ހޯމަ ދުވަހު 8.25 ކްރޯޑް ރުޕީސް، އަންގާރަ ދުވަހު 7.17 ކްރޯޑް ރުޕީސް އަދި ބުދަ ދުވަހު ވަނީ 6.52 ކްރޯޑް ރުޕީސް ލިބިފައެވެ. އެހެން ކަމުން ހަފްތާއެއްގެ ތެރޭގައި މި ފިލްމަށް ޖުމްލަ އާމްދަނީ ވަނީ 100.01 ކްރޯޑް ރުޕީސް ލިބިފައެވެ.

"ކޭސަރި" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

މިއަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާންދަނީއެއް ލިބިގެން ގޮސްފައިވަނީ "ގަލީ ބޯއީ" އަށެވެ. މި ފިލްމަށް ވަނީ 19.40 ކްރޯޑް ރުޕީސް ލިބިފައެވެ.

ތިން ވަނައިގައި 16.50 ކްރޯޑް ރުޕީސް ލިބިގެން ޓޯޓަލް ދަމާލް އޮތް އިރު ހަތަރު ވަނައިގައި އޮތީ 13.01 ކަރޯޑް ރުޕީސް ލިބިގެން ކެޕްޓަން މާރވެލް އެވެ.

އަނޫރާގް ސިންގް ޑައިރެކްޓް ކޮށްފައި މިފިލްމް ވެގެން ގޮސްފައި ވަނީ  އިންޑިއާގައި ހިނގި ބެޓްލް އޮފް ސަރަގަރްހީ ގެ ނަމުން ނަންދީފައިވާ ހަނަގުރާމައިގެ ހާދިސާ އަކަށެވެ. އެ ހަނގުރާމައިގައި ބައިވެރިވެފައިވަނީ އިނގިރޭސި ސިފައިންނާއި އެކު ހަރަކާތަތެރިވާ ސިކުންގެ ރެޖިމެންޓް ގެ ބަޔަކާއި އަފްގާނިސްތާންގެ ގަބީލާ ތަކެކެވެ. މި ފިލްމްގައި އަންޝޭ ކުޅެފައިވަނީ ސިކު ލީޑަރުގެ ގޮތުގައެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ގޯލްޑް އަށެވެ. މި ފިލްމަށް ވަނީ 25.25 ކްރޯޑް ރުޕީސް ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް