Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 20:14
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު
ގޫގުލް
ފ. އަތޮޅު ވިއްކާލުން
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
ރައީސް ޔާމީނަށް އިތުބާރުކުރަންޖެހޭ
ފ. އަތޮޅު ވިއްކާލާ ކަމެއް ދޮގެއް ނުކުރޭ
އާއްމު އެތައް ރައްޔިތުންނެއް ދަނީ މިކަމާ ދެކޮޅު ހަދަމުން

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެފައިވަނިކޮށް، އެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވާހަކަ ދައްކަވައިފި އެވެ.

އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއެއް އިއުލާނު ކުރުމަށް ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރާއްޖެއެމްވީ އިން ސުވާލު ކުރުމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ "ރައީސް ކޮންމެ ކަމެއް ވެސް ކުރައްވާނީ ރައްޔިތުންނަށްޓަކައި" ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެއެމްވީ އިން ފ. އަތޮޅާއި ގުޅޭ ގޮތުން ސުވާލުކުރަން ފުރަތަމަ މަސައްކަތް ކުރުމުން މައުޟޫއާ ނުގުޅޭ ކަމަށް ބުނެ ރާއްޖެއެމްވީގެ ނޫސްވެރިޔާގެ އަތުން ވަނީ މައިކް އަތުލާފަ އެވެ. އެ ސުވާލުކުރުމަށް ފުރުސަތު ދިނީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުންނެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ކުރުމުއްދަތެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާފައިވާ މިންވަރަށް މަސައްކަތް ކުރެއްވި ރައީސަކު ނެތް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ރައްޔިތުން އިތުބާރުކުރަންޖެހޭ ރައީސުލްޖުމްހޫރިއްޔާ އަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކޮންމެ ކަމެއް ކުރައްވަމުން ގެންދަވާނީ ދިވެހި ރައްޔިތުންނަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކޮންމެ ކަމެއް ކުރައްވަމުން ގެންދަވާނީ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ އުސޫލުތަކުގެ ތެރެއިން ކަންތައްތައް ކުރައްވަމުން ގެންދަވާއިރު، ރައީސް ކޮންމެ ކަމެއް ވެސް ކުރައްވާނީ ރައްޔިތުންނަށްޓަކައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ފ. އަތޮޅު ސައުދީއަށް ވިއްކާލާ ވާހަކައަށް ސީދާ ގޮތެއްގައި ސަރުކާރުން ޖަވާބު ދީފައި ނުވި ނަމަވެސް، ރައީސް ޔާމީން ވެސް ވަނީ ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފ. މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅަކީ ސައުދީ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ފ. އަތޮޅުގައި ވަރަށް ބޮޑު ބިޔަ މަޝްރޫއުއެއް ހިންގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ބިޔަ ބޮޑު މަޝްރޫއު ފ. އަތޮޅުގައި ހިންގުމަށްޓަކައި ހުރިހާ ޗާޓުތަކާއި ހުރިހާ ކުރެހުންތަކެއް ވެސް ނިންމާފައިވާ ކަމަށެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅު ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން އެ އަތޮޅުގެ ކައުންސިލާއި އެތައް އާއްމު ރައްޔިތުންނެއް ދަނީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
22 ފެބްރުއަރީ 2017 | ބުދަ 22:10
އައިމިނާ
އިސްލާމިކްމިނިސްޓްރީން ސައުދީގަ ހައްޖަށްދާމީހުންބޭތިއްބުމަސް ހޮޓަލެއް މިއަޅާ ވާހަކަ މިދައްކަނީ މި އަތޮޅު ވިއްކާލާފަ އުތަ.