Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 20:07
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކޮމްޕެނީއާއެކު އެމް އޯ ޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކޮމްޕެނީއާއެކު އެމް އޯ ޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އާސަންދަ
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު
އަމާޒަކީ 190 އަށްވުރެ ގިނަ ކުދިންނަށް މި ކޭމްޕުގެ ތެރެއިން ފަރުވާ ދެވުން
އުއްމީދަކީ މި ޚިދުމަތް އަތޮޅުތެރެއަށް ވެސް ފޯރުކޮށްދިނުން

ޓައިނީ ހާޓްސް އްފް މޯލްޑިވްސް އިން އާސަންދަ ކުންފުޏާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުނީ އެކަމަށްޓަކައި ހޯމަދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.  އާސަންދަ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުލް ޞަމަދު އެވެ، ޓައިނީ ހާޓްސް އޮފް މޯލްޑިވްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއަރޕާރސަން ފިއުޒާން ވަހީދެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ، ކޮންމެ އަހަރަކު ޓައިނީ ހާޓްސް ގެ ފަރާތުން ބާއްވާ ކޭމްޕު ކުރިއަށް ގެންދިޔުމުގެ އިތުރުން، އުފެދުމުގައި ހިތުގައި އުނިކަން ހުންނަ ފަރާތްތަކަށް ރަނގަޅު ފެންވަރެއްގައި ސިއްޚީ ޚިދުމަތްތައް ދިވެހިރާއްޖެއިން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓައިނީ ހާޓްސް އޮފް މޯލްޑިވްގެ ޗެއަރޕާރސަން ފިއުޒާން ވަހީދު ވިދާޅުވީ، މި އެއްބަސްވުމާ އެކު މާޗް މަހުގެ 19، 20، 21 ގެ ތެރޭގައި މި ކޭމްޕް ބޭއްވޭނެ ކަމަށާއި އަމާޒަކީ 190 އަށްވުރެ ގިނަ ކުދިންނަށް މި ކޭމްޕްގެ ތެރެއިން ފަރުވާދެވުމެވެ. މި އެއްބަސްވުމުގެ ސަބަބުންމާލޭގައި މި ބޭއްވޭ ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭގޮތްވުމަކީ އެފަރާތްތަކުގެ ވަރަށް ބޮޑު އުއްމީދެއްކަމަށް ވެސް ފާހަގަކުރައްވާފައި ވެއެވެ.

މިއީ ހިތުގައި އުނިކަން ހުންނަ ކުދިންނަށް ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ޓައިނީ ހާޓްސް އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އާސަންދައާއެކު ވެވޭ އެއްބަސްވުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް