Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 19:21
ފ އަތޮޅު
ފ އަތޮޅު
ގޫގުލް
ފ އަތޮޅު ވިއްކާލުން
"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"
ފ އަތޮޅަކީ އެންމެ އާބާދީ ކުޑަ އެއް އަތޮޅު
އެއަތޮޅުގާ 23 ރަށް ހިމެނޭ

ފ އަތޮޅު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ވިއްކާލުމާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެއަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު ވިދާޅުވީ، ފ އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ސަރުކާރުން މިފަހަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ. އެއީ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލަ އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފ އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން މީޑިޔާގާ ފެތުރެމުންދާ ވާހަކަތަކަކީ އެއަތޮޅުގެ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަދީބު ވެރިކަމުގައި ހުރި އިރު 2014 ވަނަ އަހަރު އެކަމާ ގުޅިގެން ވާހަކަ ދެއްކި. އޭރު ބުނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަތޮޅު އެއްކޮށް ބޭނުންވާ ކަމަށް. އެހެން ނަމަވެސް އަތޮޅު އެއްކޮށް ދޭން ސަރުކާރުން ނުވިސްނާކަމަށް ބުނި" އުމަރު ޒާހިތު ވިދާޅުވި އެވެ.

އުމަރު ޒާހިރު ވިދާޅުވީ، އޭރު އަދީބު ބުނެފައިވަނީ، އެކަމާ ގުޅޭ ގޮތުން ސައުދީ ރަސްގެފާނާއި އަތޮޅުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާ ވާހަކަ ކަމަށެވެ.

އުމަރު ޒާހިރު ވަނީ އެފަދަ ގޮތަކަށް އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން އޭނާގެ ފަހުން އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެއަތޮޅު ކައުންސިލް ގެ ރައީސް އަބްދުލް ހަމީދު މުހައްމަދު ވަނީ ކައުންސިލް ރައީސްގެ ހައިސިއްޔަތުން އެއްޗެއް ބުނެވޭނީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފަ އެވެ. އެފަދަ ކަމެއް ސަރުކާރުން ހިންގާނެ ކަމަށް އަމިއްލަ ހައިސިއްޔަތުން ގަބޫލު ނުކުރާ ކަމަށް އަބްދުލް ހަމީދު މުހައްމަދު ވިދާޅުވި އެވެ. އަދި އެއީ މީޑިޔާތަކުން ފަތުރާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފ އަތޮޅު ސައުދީގެ ރަސްގެފާނަށް ވިއްކާލުމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް އާއްމުވެފައިވާ އިރު އެކަމަށް ބާރު ލިބޭ ގޮތަށް، ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ފ. އަތޮޅުގައި ހުރީ ކުދިކުދި ރަށްރަށް ކަމަށާއި އެފަދަ ކުދި ރަށްރަށުގައި ކުރިއަށް ދެވޭނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

ފ އަތޮޅުގާ ޖުމްލަ 23 ރަށެއް ހިމެނެ އެވެ. އަދި އެއީ ރާއްޖޭގެ އާބާދީ ދެވަނަ އަށް އެންމެ މަދު އަތޮޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް