ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 02:58
ރަންބީރު ކަޕޫރު
ރަންބީރު ކަޕޫރު
ގޫގުލް
ބޮލީވުޑް
ރަންބީރު ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން
މި ފިލްމްގައި ރަންބީރު އަދާކުރަނީ ބައްޕަގެ ރޯލާއި ދަރިފުޅުގެ ރޯލް

އެކްޓަރ ރަންބީރު ކަޕޫރު ފިލްމެއްގައި ބަޑަލް ރޯލް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރަންބީރު ގެ ޑަބަލް ރޯލް ފެނިގެންދާނީ އޭނާ ދެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޝަމްޝޭރާ" ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ރަންބީރު އަދާކުރަނީ ބައްޕަގެ ރޯލާއި ދަރިފުޅުގެ ރޯލެވެ.

ރަންބީރުގެ 12 އަހަރުގެ ދިގު ކެރިއަރ ގައި މިއީ ފުރަތަމަ ފަހަރަށް ފިލމެއް އެނާ ޑަބަލް ރޮލް ކުޅޭ ފިލްމެވެ.

މި ފިލްމްގައި ސަންޖޭ ދަތް އަދި ވާނީ ކަޕޫރުވެސް ފެނިގެންދާނެއެވެ.

ވާނީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރަންވީރު ސިންގާއެކު "ބޭފިކްރޭ" އިންނެވެ.

ވާނީ މި ފިލްމްގައި ފެނިގެންދާނީ ނެށުންތެރިއެއްގެ ރޯލުންނެވެ. މި ރޯލް ކުޅުމަށްޓަކައި ވާނީ ގެންދަނީ ކަތަކް ޑާންސް ދަސްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަރަން މަލޯތްރާ ޑައިރެކްޓް ކުރާ މި ފިލްމް "ޝްމްޝޭރާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަނަން އަހަރުގެ ޖުލައި މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް