ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 02:57
ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަން
ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސާރާ އާއި ކާތިކް ކުޅޭ ފިލްމްގެ ނަމަކީ އާޖް ކަލް
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު

ސާރާ އަލީ ޚާން އާއި ކާތިކް އާރަޔަން ލީޑްރޯލުން ފެނިގެންދާ ފިލްމްގެ ނަމަކީ "އާޖް ކަލް" ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިމްތިއާޒް އަލީ ޑައިރެކްޓް ކުރާ މި ފިލްމަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލް އެކެވެ.

"ލަވް އާޖްކަލް" ގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އާއި ދިޕިކާ ޕަދުކޯން އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުން މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

"އާޖް ކަލް" ގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު ފިލްމްގެ ޝޫޓީންގެ ތެރެއިން ކާތިކް އާއި ސާރާ އެކުގައި ފެނިގެންދާ ބައެއް ވީޑިއޯ ވަނީ ވައިރަލް ވެފައެވެ.

މީގެ އިތުރުން މި ފިލްމްގެ ފުރަތަމަ ފެނިލުން ވެސް މިހަރު ވަނީ ދައްކާލާފައެވެ. އެ ފޮޓޯގައި ސާރާ ފެނިގެންދަނީ ކާތިކްގެ ކޮނޑުގައި ބޯއަޅައިގެން އޮއްވައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް