Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 18:30
ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް، ފ އަތޮޅު ވިއްކާލުމާއި ގިނަޔަބަކު ދަނީ ދެކޮޅު ހަދަމުން
ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް، ފ އަތޮޅު ވިއްކާލުމާއި ގިނަޔަބަކު ދަނީ ދެކޮޅު ހަދަމުން
ގޫގުލް
ފ. އަތޮޅު ވިއްކާލުން
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
ފ. އަތޮޅު ވިއްކާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލި
އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ތަންތަން އަތުލާނެ ކަމަށް ބުނި

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ފ. އަތޮޅު ވިއްކާލުމުގައި ފޮރުވިގެންވާ ސިއްރުތަކެއް އެކުލެވޭ ކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

 

ފ. އަތޮޅު ވިއްކާލުމާ ދެކޮޅު ހަދައި އެކަން ކުށްވެރިކުރުމުގެ ގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފ. އަތޮޅު ވިއްކާލުމުގެ މުޢާމަލާތް އަނދިރީގައި ހިންގާ ހިންގުމަކީ އެކަމުގައި ފޮރުވިގެންވާ ސިއްރުތަކެއް އެކުލެވޭ ކަމެއް ކަމަށެވެ.

 

އެމްޑީޕީން ބުނެފައިވަނީ ސަރުކާރުގެ އެ ނިންމުމަކީ އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެންދާނޭ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

 

ރައްޔިތުންނަށް ގެއްލުންވާނޭހެން ކުރެވޭ މުޢާމަލާތްތަކަކީ ބާތިލު މުޢާމަލާތްތަކެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

 

އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ތަންތަން އަނބުރާ ރައްޔިތުންނަށް ލިބިދެވޭނޭ ގޮތަށް ޢަމަލު ކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

 

އެމްޑީޕީގެ ބަޔާނުގައި ވަނީ ރައީސް  ޔާމިންގެ ސަރުކާރުން ފ. އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް