ޔޫރޯ ކޮލިފައިންގައި ގްރީސް އާއި ބޮސްނިއާ ވާދަ ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ބުދަ ދުވަހު ގްރީސް އާއި ބޮސްނިއާ ވާދަކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބޮސްނިއާއިންނެވެ. މިލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އީޑިން ވިސްކާއެވެ.
މި ލަނޑަށް ފަހުގައި ވެސް ބޮސްނިއާ އިން ވަނީ ގްރީސްގެ ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް މި ހަމަލާ ގްރީސްގެ ކީޕަރ ވަނީ ހިފަހައްޓާފައެވެ.
ގާތްގާތުގައި ބޮސްނިއާ އިން ގްރީސްގެ ގޯލަށް ހަމަލާތައް އަމާޒު ކުރުމުގެ ނަތީޖާއަކަށް ވީ މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާރލެމް ޕެޖްނިކްއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ބޮސްނިއާ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ގްރީސްއިންނެވެ. ފުރަތަމަ ހާފްގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ގްރީސް އިން ވަނީ ބޮސްނިއާގެ ފަހަތަށް ބާރު ބޮޑު ކޮށްފައެވެ.
ގްރީސްގެ ފުރަތަަމަ ލަނޑު މެޗުގެ 64 މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޮސްޓަސް ފޯރޗުނިސްއެވެ.
މެޗުގެ 65 ވަަނަ މިނެޓުގައި ބޮސްނިއާގެ މަރލެމް ޕެޖްނިކް އަށް ރަތް ކަރޑް ދައްކާ ދަނޑުން ފޮނުވާލުމުން، މެޗުގެ ބާކީ ބައި ބޮސްނިއާ ކުޅުނީ އެއް ކުޅުން ތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާ އެކުއެވެ.
މެޗު ނިމެން ފަސް މިނެޓައް ވެފައިވަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި ގްރީސްއަށް ނަތީޖާ ހަަމަހަމަ ކޮށްދިނީ ޑިމީޓްރިސް ކޮލޯވޮސްއެވެ.
މި ނަތީޖާއާ އެކު ގްރޫޕް ޖީގެ ދެވަނާގައި ގްރީސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުއެވެ. ބޮސްނިއާ އޮތީ ގުރޫޕްގެ ތިން ވަނާގައެވެ.