Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 18:20
ބީއެމްއެލްގެ އިސްލާމިކް ބޭންކުގެ ދެ ޑައިރެކްޓަރުން --
ބީއެމްއެލްގެ އިސްލާމިކް ބޭންކުގެ ދެ ޑައިރެކްޓަރުން --
ރާއްޖެ އެމްވީ
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
ޕްރޮޖެތްގެ އަގުގެ 80 ޕަސެންޓް ފައިނޭންސް ކޮށްދޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބޭންކުން ރާއްޖޭގައި ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ކޮށްދިނުމަށް ނިންމައިފި އެވެ.

 

ބީއެމްއެލްގެ އިސްލާމިކް ބޭންކްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް ބޭންކިންގގެ ޑައިރެކްޓަރ ފާތުމަތުމަނިކެ ވިދާޅުވީ މިއީ އިސްލާމިކް ބޭންކުގެ ފުރަތަމަ ފައިނޭންޝަލް ޕްރޮޑަކްޓް ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން ބީއެމްއެލްގެ އިސްލާމިކް ބޭންކްގެ މައި ބްރާންޗް ކަމަށްވާ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ސީޓްރެކް ބިލްޑިންގުންނާއި ރަށްރަށުގައި ހުރި ބީއެމްއެލްގެ ހުރިހާ ބްރާންޗަކުން ވެސް އެ ހިދްމަތް ލިބޭނެ ކަމަށް ފާތުމަތުމަނިކެ ވިދާޅުވި އެވެ.

 

ބީއެމްއެލްގެ އިސްލާމިކް ބޭންކުން މުޅިން އަލަށް އައާރަފްކުރި އެ ހިދްމަތުގައި ވާގޮތުން، އެ ހިދްމަތް ފޯރުކޮށްދެވެނީ އިސްލާމީ އުސޫލްތަކުގެ މަތިން ގެދޮރި އިމާރާތްކުރުމަށާއި އާބާތުރަ ފިލުވުމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ޚަރަދުގެ 80 ޕަސެންޓާހަމައަށް ފައިނޭންސް ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެފައިސާ އަބނބުރާ ދައްކުމަށް 20 އަހަރުގެ މުއްދަކަށް ބަހާލައިގެން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް