Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 17:35
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް: ގިނަ އަދަދެއްގެ ވަކީލުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް: ގިނަ އަދަދެއްގެ ވަކީލުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން
މުހައްމަދު ޝަރުހާން
ޕްރޮސެކިއުޓާ ޖެނެރަލް
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
ވަކިވި ވަކީލުން ވަނީ ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރައްވާފަ
ބިޝާމް އަށް ގިނަ ތުހުމަތުތަކެއް ކުރޭ
ބިޝާމް ވިދާޅުވަނީ ކަންކަން ކުރައްވަނީ ގާނޫނުގެ ތެރެއިން ކަމަށް

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންމެ އެންމެ ފުންނާބު އުސް ދެ ވަކީލުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވާފައިވަނީ ޕަބްލިކް ޕްރޮސެކިއުޓަރުންގެ މަގާމުގައި ތިއްބެވި، ނޫރުއްސަލާމް އަބޫބަކުރާއި އަހުމަދު ހިޝާމް ވަޖީހު އެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ހިޝާމް އިސްތިއުފާ ދެއްވި އިރު، ނޫރުއްސަލާމް އިސްތިއުފާ ދެއްވީ މިމަހުގެ ތެރޭގަ އެވެ. 

ހިޝާމް މަސައްކަތް ކުރައްވާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާގެ މައްސަލައާއި،  ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ބައެއް ދައުވާތަކާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލި ބައެއް ދައުވާތަކާއި ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ މައްޗަށް އުފުލި ދައުވާ ހިމެނެ އެވެ.

ނޫރުއްސަލާމް މަސައްކަތް ކުރެއްވި ބައެއް މައްސަލަތަކުގެ ތެރޭގައި، ރިޔާސީ ލޯންޗުކޮޅު ގޮއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާއާއި، ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ދައުވާގެ އިތުރުން އަބްދުލް މުހީތު (ބޮބީ)ގެ މަރުގެ މައްސަލައާއި ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ހިމެނެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގިނަ ވަކީލުންތަކެއް ދަނީ ބިޝާމްއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، ބައްދަލުވުންތަކުގައި ވަކީލުންގެ ޚިޔާލު ނުހޯދެއްވުމާއި، ވަކި ކަންތައްތަކެއް ކުރަން މަޖުބޫރުކުރުވުމާއި، އެއްފަހަރާ ގިނަ އަދަދެއްގެ މައްސަލަތައް ހަވާލުކުރުމާއި، ވަކީލުންނަށް ދިފާއުވުމަށް ފުރުސަތު ނުދެއްވާ ބިޝާމް އަށް ފެނިވަޑައިގަންނަވާ ގޮތްގޮތަށް ކަންތައް ކުރައްވަމުން ގެންދަވާ ކަމަށް ޕީޖީގެ ވަކީލުން ބުނެ އެވެ.

މީގެ އިތުރުން މައްސަލަތަކުގައި އެކި މީސްމީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި އިތުރު ފުރުސަތު ކޮމެޓީ އިން ނިންމާފައިވާ ބައެއް ނިންމުންތަކާއި ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ޕީޖީގެ ވަކީލުން ބުނެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ބިޝާމް ހަވާލުވެވަޑައިގެންނެވި ފަހުން އެތަނުގައި މަސައްކަތް ކުރުމަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި މުވައްޒަފުންނާއި ބިޝާމްއާ މެދު ޖެހޭ މައްސަލަތައް ހައްލުނުކުރެވި "ރުންކުރު" ޖަވާބުތައް ލިބެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ނޫރުއްސަލާމް އާއި ހިޝާމްގެ އިތުރުން، ބައެއް އެހެން ވަކީލުން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކިވުމަށް ވިސްނަމުންދާ ކަމަށެވެ. އެހެންކަމުން، ވަރަށް އަވަހަށް އިތުރު ވަކީލުންތަކެއް ވެސް އެ އޮފީހާ ވަކިވާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ބިޝާމް ވިދާޅުވީ ހިޝާމް ވަޒީފާއިން ވަކިކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި ނޫރުއްސަލާމްއާ ގުޅޭ ގޮތުން ބިޝާމް ވިދާޅުވީ އޭނާ ވަކިވީ ނޯޓިސް ދިނުމަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. 

ބިޝާމް ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

ޝާމް ވަޒީފާއިން ވަކިކުރެއްވީ އަމިއްލަފުޅަށް ކަމަށް ބިޝާމް ވިދާޅުވި ނަމަވެސް، ހިޝާމް ވަޒީފާ އިން ވަކިކޮށް ދިން ލިޔުމުގައި ބުނެފައިވާގޮތުން ވަޒީފާ އިން ވަކިވީ އަމިއްލަ އަށް އެދިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
24 ފެބްރުއަރީ 2017 | ހުކުރު 01:58
Nihayath
Kiyaathy aduivey PG Office ge IT head ves isthiufaa dhinee bisham ge kantha hunnagothaa medhu hinhama nujehigen ney
23 ފެބްރުއަރީ 2017 | ބުރާސްފަތި 13:44
އުރުދުގާން
މަހީކުރީ ފުންނާބު އުސް ޤާނޫނީވަކީލަކީ ހަމައެކި އާޒިމާ ޝަކޫރުކަމަށް އަދި ކިރިޔާ މިއެނގުނީ އެކަމަށާއަށްވުރެންވެސް ފުންނާބުގެ އުސްމިން އުސްބަޔަކު އެބަތިބިކަން.
22 ފެބްރުއަރީ 2017 | ބުދަ 23:19
ބިޝާމްގެ ވިކްޓިމް
ތިބިޝާމަކީ ވަރަށް ޒާތީވާ މީހެއް.
22 ފެބްރުއަރީ 2017 | ބުދަ 21:36
Mary
AG ofeehuga ulhunu gothah dho PG ofeehah goss ves miulheni.
22 ފެބްރުއަރީ 2017 | ބުދަ 20:19
Mahumoodh saleem
Maadhan ves mikamuge roalhi muvazzafunnah baalaane.
22 ފެބްރުއަރީ 2017 | ބުދަ 19:00
ޥަކީލު
ބިޝާމްގެ މަސައްކަތަކީ މުއައްޒަފުންގެ ޗުއްޓީ ހިފެހެއްޓުމާ މުއައްޒަފުންނަށް އޮބިނޯންނަވަރަށް މަސައްކަތް ހަވާލުކުރުން. އެކިއެކި މުވައްޒަފުންގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ގެންގުޅެ.