ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 16:56
ދިޕިކާ ޕަދުކޯން
ދިޕިކާ ޕަދުކޯން
ގޫގުލް
ބޮލީވުޑް
އެވޯޑް ނުލިބުމުން ފޭނުންގެ ކިބައިން ދިޕިކާ މަޢާފަށް އެދިއްޖެ
މި އެވޯޑް ހަފްލާގައި ބެސްޓް އެކްޓްރެސް އެވޯޑް ލިބިފައިވަނީ އާލިއާ ބަޓްއަށް

ނިމިގެންދިޔަ ފިލްމް ފެއަރ އެވޯޑްގައި ބެސްޓް އެކްޓްރެސްގެ އެވޯޑް ނުލިބުމުން ދިޕިކާ ޕަދުކޯން އޭނާގެ ފޭނުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.

މިދިޔަ އަހަރު ދިޕިކާ ކުޅެފައިވާ ފިލްމް "ޕަދްމާވަތު" އިން އޭނާ އަށް ބެސްޓް އެކްޓްރެސް އެވޯޑް ނުލިބުމުން ދިޕިކާގެ ފޭނުން ވަނީ ހިތްހަމަ ނުޖެހިފައެވެ. ސޯޝަލް މީޑިއާގައި ދީޕިކާގެ ފޭނަކު ބުނެފައި ވަނީ އެ ފިލްމްގައި ދިޕިކާ އަދާކޮށްފައިވާ ރޯލަކީ އެހާމެ އުނދަގޫ އަދި ޗެލެންޖިން ރޯލެއް ކަމަށެވެ. އޭނާގެ އެ ރޯލަށް އެވޯޑް ލިބުން ހައްގު ކަމަށް ވަނީ ބުނެފައެވެ.

މި އެވޯޑް ހަފްލާގައި ބެސްޓް އެކްޓްރެސް އެވޯޑް ލިބިފައި ވަނީ އާލިއާ ބަޓްއަށެވެ. އެއީ އޭނާ ކުޅެފައިވާ ފިލްމް "ރާޒީ" އިންނެވެ.

ރަންވީރު ސިންގް އާއި އަޔުޝްމަން ކުރާނާއަށް ބެސްޓް އެކްޓަރ އެވޯޑް ދިން ގޮތަށް އާލިއާ އާއި ދިޕިކާ އާއި ދެ ތަރިންނަށް ނުދެވެންވީ ކީއްވެތޯ ވެސް ފޭނުން ވަނީ ސުވާލު އުފައްދާފައެވެ.

ފޭނުންގެ ޝުއޫރުތަކަށް ރައްދުދެމުން ދިޕކާ ވަނީ މީގެ ކުރިން މަސައްކަތް ނުކުރާ ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފޭނުންނަށް ދީފައެވެ.

އެވޯޑް ހަފްލާގައި ދިޕިކާ ވަނީ އާލިއާ އަށް އެވޯޑް ލިބުމުން އާލިއާގެ މި ކާމިޔާބީގައި ބައިވެރިވެ އުފާފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް