ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 17:00
މޭގަން މާކަލް އާއި ޕްރިޔަންކާ
މޭގަން މާކަލް އާއި ޕްރިޔަންކާ
ގޫގުލް
މޭގަން މާކަލް އާއި ޕްރިޔަންކާ
މޭގަން މާކަލް އާއި ޕްރިޔަންކާއާ ދެމެދު ރުޅިވެރިކަމެއް ނެތް!
ދެ މީހުން ރަޙްމަތްތެރިކަން އެބަ އޮތް ކަމަށް ބުނޭ

ޕްރިޔަންކާ ޗޯޕްރާ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޑަޗަސް އޮފް ސުސެކްސް މޭގަން މާކަލް ދެކެ ރުޅި އައި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

މޭގަން ދެކެ ޕްރިޔަންކާ ރުޅިއައިސްފައި ވަނީ އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި މޭގަން ބައިވެރި ނުވުމުން ކަމަށް މީގެ ކުރިން ރިޕޯޓްތައް ބުނެފައިވީއިރު، އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވްއެއް ކަމަށްވާ "ވޮޗް، ވަޓް ހެޕެންސް ލައިވް"ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރިޔަންކާ ބުނެފައި ވަނީ މޭގަން ދެކެ އޭނާ ރުޅި ނާންނަ ކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މަޝްހޫރު އީ ނިއުސްއަށް މޭގަންގެ ގާތް މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި ޕްރިޔަންކާ އާއި މޭގަން އަބަދު ވެސް ވާހަކަދައްކާ ކަމަށާއި ޕްރިޔަންކާގެ ކައިވެނި ހަފްލާއަށް ނުދެވުނީ ރޯޔަލް ފެމިލީއާ ގުޅި ގިނަ މަސްއޫލިއްޔަތުތައް އުފުލަން ޖެހުމުން ކަމަށް ޕްރިޔަންކާއަށް އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން މި ދެ ތަރިންގެ ގާތް ރަޙްމަތްތެރި ގުޅުން އެގޮތުގައި އަދިވެސް ކުރިއަށްދާ ކަމަށް އީ ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޔޫއެސް ވީކްލީ އަށް މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި މޭގަން އަށް ބައިވެރި ނުވެނުނީ އެކަމަނާ އާލާސްކަންފުޅާ އިންނެވުމުން ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ވަނީ ބައިވެރި ވެފައެވެ.

ޕްރިޔަންކާގެ ކުރި އަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ޝޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް"ގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް