ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 13:57
ރިހާނާ އާއި ހަސަން ޖަމީލް ލޮސް އެންޖެލިސްގެ ސްޓޭޕަލްސް ސެންޓަރގައި ބާސްކެޓް ބޯޅަ މެޗެއް ބަލަނީ
ރިހާނާ އާއި ހަސަން ޖަމީލް ލޮސް އެންޖެލިސްގެ ސްޓޭޕަލްސް ސެންޓަރގައި ބާސްކެޓް ބޯޅަ މެޗެއް ބަލަނީ
ގޫގުލް
ރިހާނާ
ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟
ރިހާނާ އާއި ހަސަން ޖަމީލް ގުޅިގެން އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވާތާ ގިނަ އަހަރުތަކެއް ވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ، އޭނާގެ ލޯބިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ތައްޔާރު ވެއްޖެކަމުގެ ރިޕޯޓް ފެތުރެން ފަށައިފިއެވެ.

ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ ހަސަން ޖަމީލް އާއި ބާބެޑޮސް އަށް ނިސްބަތްވާ ރިހާނާ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވާތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރިހާނާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، ދެ މީހުން އެކުގައި ދުނިޔޭގެ އެކި ކަންކޮޅުން ފެނިފައިވާ އިރު، އެންމެ ފަހުން ފެނިފައި ވަނީ ނިމިގެން ދިޔަ މަހު ލޮސް އެންޖަލިސް އިންނެވެ.

މީހަކާ ކައިވެނި ކުރަން ނުވަތަ އެންގޭޖްވާން އުޅޭ ކަމުގެ އިޝާރާތެއް ވެސް 31 އަހަރުގެ ރިހާނާ ކޮށްފައިނުވާ އިރު، އޭނާ އިންސްޓަގްރާމްގައި 'ލައިކް' ކުރި ވީޑިއޯއެއްގެ ސަބަބުން ފޭނުން ދެކޭ ގޮތުގައި މިއީ ރިހާނާ ކައިވެނި ކުރަން ތައްޔާރުވިކަމުގެ 'ހިންޓެ'ކެވެ.

އެ ވީޑިއޯގައި ފެންނަނީ އީ!ނެޓްވޯކްގެ 'ނެސެސަރީ ރިއަލްނެސް' ކިޔާ ޔޫޓިއުބް ސެގްމެންޓްގެ ހޯސްޓް މޯގަން ސްޓުވާޓް، ރިހާނާއާއި ހަސަންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާ ތަނެވެ.

"އަހަންނަށް ފެނޭ މި ދެ މީހުން އެންގޭޖްވެ، (ދެ އަހަރު ވަރު ފަހުން) ދަރިން ހޯދާތަން،" މޯގަން ބުނެއެވެ.

ރިހާނާ 'ލައިކް' ކުރި ވީޑިއޯ ޕޯސްޓްކޮށްފައި ވަނީ އޭނާގެ ފޭން އަކައުންޓަކުންނެވެ.

ރިހާނާ 'ލައިކް' ކުރި ޕޯސްޓްގެ ސްކްރީން ޝޮޓެއް

މިކަމާ ގުޅިގެން ފޭނުން ކިތަންމެ އެކްސައިޓެއްވި ނަމަވެސް، އެ މީހުން އަދިވެސް އެންމެ ބޮޑަށް ދަނީ ރިހާނާގެ އާ އަލްބަމެއް ނެރުމަށް އެދެމުންނެވެ. އޭނާ އެންމެ ފަހުން އަލްބަމެއް ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ އޭނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ 'އެންޓި' އެވެ.

ރިހާނާ މިހާރު ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންގެ މަސައްކަތެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ވެގެން ދިޔައީ ރިހާނާއަށް ފިލްމީ ދުނިޔޭގައި ކާމިޔާބު އަހަރަކަށެވެ. ގިނަ އަންހެން ތަރިންތަކާ އެކު 'އޯޝަންސް 8' ފިލްމުން އޭނާ ފެނިގެންދިޔައެވެ.

ލައިންތަކުގެ ޕްރޮމޯޝަން މަސަައްކަތުގައި އޭނާ އުޅޭ އިރު އެންމެ ގިނައިން މީހުން ކުރާ ސުވާލަކީ އޭނާގެ އާ ލަވަތަކެއް އަޑު އިވޭނީ ކޮން ދުވަހަކުންތޯއެވެ. އަދި މިހާރު އާ އަލްބަމްގެ މަސައްކަތް ފަށާފައިވާކަމުގެ އިޝާރާތްތައް ރިހާނާ ދެމުންދާއިރު، އޭނާ މިހާރު ދަނީ ލުޕީޓާ ޏޮންގޯއާ އެކު ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް