Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 16:53
ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަދި އުމަރު ނަސީރު--
ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަދި އުމަރު ނަސީރު--
ޓްވިޓަރ
ރައީސް މައުމޫން
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
އުމަރު ވިދާޅުވަނީ ބޭރު ފަރާތްތަކަށް ބިން މިލްކް ކުރެވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އެމްޑީޕީ އާއި ޕީޕީއެމް ހެދި ޑީލެއްގެ ދަށުން ކަމަށް
ރައީސް މައުމޫން ވިދާޅުވަނީ ޕީޕީއެމުން ޑީލެއް ހަދާފައި ނުވާނެ ކަމަށް، ނަމަވެސް ސަރުކާރުން ޑީލެއް ހަދާފާނެ ކަމަށް ވިދާޅުވި
އުމަރު ވިދާޅުވަނީ 2018ގެ ރިޔާސީ އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ސަރުކާރު ހިންގާ ޕީޕީއެމް އާއި އިދިކޮޅު އެމްޑީޕީން "ޑީލް" ހެދި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

 

އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ ޖުލައި 22، 2015 ގައި ޕީޕީއެމް އާއި އެމްޑީޕީން ހެދި ސިއްރު ޑީލެއްގެ ދަށުން ކަމަށެވެ.

 

އެހެންކަމުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ އުމަރު ނަސީރަށް "އާއެކޭ" ބުނުމަށް އޭނާ ވަނީ އެޓްވީޓްގައި އެދިލައްވާފަ އެވެ.

 

 

އުމަރު ނަސީރުގެ އެޓްވީޓަށް ދެއްވާފައިވާ ރައްދެއް ކަމަށް ބެލެވޭ ގޮތަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ޕީޕީއެމުން އެއްވެސް ސިޔާސީ ޕާޓީއަކާއެކު "ޑީލްއެއް" ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން އެފަދަ ކަމެއް ކޮށްފައިވެދާނެ ކަމަށާއި މައުލޫމާތު ފޯރުކުރާއިރު އޮޅުވާނުލުމަށް ރައީސް މައުމޫން އެދިލެއްވިއެވެ.

 

 

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އިސްލާހު ހުށަހަޅާ، އިސްލާހު ކޮށްފައިވަނީ ޕީޕީއެމް އާ މަޝްވަރާ ނުކޮށް ކަމަށް ރައީސް މައުމޫން ފެކްޝަނުން ބުނެއެވެ.

 

އުމަރު ނަސީރު ވިދާޅުވަނީ އޭނާއަކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ތިންވަނަ ކެނޑިޑޭޓް ކަމަށެވެ. އެގޮތަށް އޭނާ އެވިދާޅުވަނީ ރައީސް އަބްދުﷲ ޔާމީނާއި ނުވަތަ ޕީޕީއެމްގެ ކެނޑިޑޭޓާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމްޑީޕީގެ ކެންޑިޑޭޓް ނަގާފައި ކަމަށް ބެލެވެ އެވެ.

 

އުމަރު ވިދާޅުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 މާރޗް 2017 | ބުރާސްފަތި 03:37
އުމަރާ
ވެރިކަމާއި ހެދި ބީތާވެފަ ހުރިސޮރެއްތީ.. އެކަމަކު ކާމިޔާބެއްނުވާނެ.... 2% ވެސް ނުލިބޭނެ. ހުސްހަޅޭއްލަވަނީ... ކުރެވުނު އެއްވެސް ކަމެއް ނެތް.
22 ފެބްރުއަރީ 2017 | ބުދަ 14:00
ގިޔާސް
ބަލަ އުމަރާ އޭރުކަލޭހުރީ މިސަރުކާރުގެ މިނިސްޓަރަކަށޭ ، ތިޔަހަވާއެރުވިރޭވެސް ހުރީ އެތަނުގައޭ ، އަތްޖަހަން! ތިޔައީ ތަންފުކެއް ބޮޑުވަރު މިގައުމުގައި އެންމެން މަރުމޯލެއް ނޫން ، ގަމާރެއްވެސް ނޫން ، ތޔކަލޭގެ ޕީ ޕީ އެމްގެ މަރުމޯލުން އަތްޖަހަން ފައިސާއަށް ދުވަނީ!