ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 09:17
ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް
ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް
ގޫގުލް
ބޮލީވުޑް
ބާރަތްގެ ޓްރެއިލާ ބަލަން ތައްޔާރުވޭ!
ޓްރެއިލާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހު

މިއަހަރު ރިލީޒްކުރާ ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމް "ބާރަތް"ގެ ޓްރެއިލާ އަންނަ މަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގެ ޓްރެއިލާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ތިން ވަނަ ހަފްތާގައި ކަމަށް ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ވަނީ ބުނެފައެވެ.

މި ޚަބަރު ހިއްސާކޮށް އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓްގައި ވަނީ މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށެވެ.

މި ފިލްމަކީ ވަރަށް ޚާއްސަ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ވަނީ "ބާރަތް" ގެ ފުރަތަމަ ޓީޒާ ރިލީޒް ކޮށްފައެވެ. އެއް މިނެޓާއި ވިހި ސިކުންތުގެ މި ޓީޒާގައި ސަލްމާންގެ ތަފާތު ކެރެކްޓަރތަކެއް ދައްކުވައިދެއެވެ.

ނަމަވެސް މި ޓީޒާގައި ކެޓްރީނާގެ ކެރެކްޓާ ދައްކުވައިދީފައެއް ނުވެއެވެ.

މީގެ ކުރިން ސަލްމާން އާއި ކެޓްރީނާ އެކުގައި ވަނީ "އެކްތާ ޓައިގާ" އަދި "ޓާއިގާ ޒިންދާ ހޭ" އިން ފެނިގެން ގޮސްފައެވެ.

ބާރަތްގެ ރޯލަށް ކެޓްރީނާ ހަމަޖައްސާފައިވަނީ ކުރިން އެ ރޯލް ކުޅުމަށް ހަމަޖެހިފައި އޮތް ޕްރިޔަންކާ ޗޯޕްރާ އެ ފިލްމް ދޫކޮށްލުމުންނެވެ.

މި ފިލްމަކީ އަލީ އައްބާސް ޒަފަރު އާއި އެކު ސަލްމާން މަސައްކަތް ކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން ސަލްމާން އާއި އަލީ އައްބާސް ޒަފަރު ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި "ސުލްތާން" އަދި 2017 ވަނަ އަހަރު ރިލީޒްކުރި "ޓައިގާ ޒިންދާހޭ" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

"ބާރަތް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއހަރު އީދު ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް