ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 09:13
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ތަހާރަތު މުހައްމަދު ވަހީދު
ބޮލީވުޑް
ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރިއަކަށް ކަންގަނާ؟
ކަންގަނާ މީގެ ކުރިން ފިލްމް ކުޅެފައިވަނީ 11 ކްރޯޑް އަށް

ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީ ލިބޭ އަންހެން ތަރިއަކަށް ކަންގަނާ ރަނައުތް ވާން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރީގެ ޓެމިލްނާޑޫ ޗީފް މިނިސްޓަރ ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމު "ތަލައިވީ" ގެ ލީޑް ރޯލް އޭނާ ކުޅުމަށް ހަމަޖެހިފައިވަނީ  24 ކްރޯޑް އިންޑިއަން ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ގާތް މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކަންގަނާ މި ފިލްމް ކުޅުމަށް ހަމަޖެހިފައިވަނީ 24 ކްރޯޑަށެވެ. އަދި މި ފިލްމް ހިންދީ އަދި ތަމަޅަ ވާޝަން ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްދަރުން ވަނީ މައުލޫމާތު ދީފައެވެ.

"ފިލްމް އުފައްދާ ފަރާތްތަކަށް ޔަގީންކަން އޮވޭ ކަންގަނާ އަށް އެ ރޯލް އޯޑިއަންސަން ކަމުދާނެ ގޮތަށް ކުޅެވޭނެ ކަމަށް. ޕްރޮޑިއުސަރުން ވަނީ ކަންގަނާ އާއިއެކު ފިލްމް ކުޅުމަށް ސޮއި ކުރުވާފައި." މަސްދަރުން ވަނީ ބުނެފައެވެ.

ވިޖޭ ޑައިރެކްޓްކުރާ މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ ކޭވީ ވިޖަޔަންދްރަ ޕްރަސާދް އެވެ.

 24 ކްރޯޑަކީ މިހާތަނަށް ބޮލީވުޑްގެ ބަތަލާއަކު ފިލްމެއް ކުޅެދޭ އެންމެ ބޮޑު އަގެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ދިޕިކާ ޕަދުކޯން ކުޅެފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު އޭނާ ކުޅެފައިވަނީ 13 ކްރޯޑް ރުޕީސް އަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން "ވީރޭ ދި ވެޑިން" ގެ ކާމިޔާބަށްފަހު ކަރީނާ ކަޕޫރު މިހާރު ފިލްމެއް ކުޅެދެނީ 10 ކްރޯޑް ރުޕީސް އަށެވެ. މީގެ އިތުރުން "ބާރަތް" ކުޅުމަށް ޕްރިޔަންކާ ޗޯޕްރާ ސޮއިކޮށްފައިވަނީ 6.5 ކްރޯޑް ރުޕީސް އަށެވެ. ނަމަވެސް ޕްރިޔަންކާ ފަހުން ވަނީ މި ފިލްމް ދޫކޮށްލާފައެވެ.

ކަންގަނާ މީގެ ކުރިން ފިލްމް ކުޅެފައިވަނީ 11 ކްރޯޑް އިންޑިއަން ރުޕީސްއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް