ޔޫރޯ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ޖަރުމަނުން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެޗު ޖަރުމަނު ކާމިޔާބުކުރީ ނެދަލެންޑްސްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ ޖަރުމަނުންނެވެ.
ފުރަތަމަ ހާފްގެ 15 ވަނަ މިނެޓުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ނިކޯ ޗަލްސްގެ އެހީތެރިކަމާ އެކު ލެރޯއީ ސޭންއެވެ.
ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ޖަރުމަނުން ވަނީ ދީފައެވެ.
ފުރަތަމަ ހާފްގައި ޖަރުމަނުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށް ޖަރުމަނުން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ.
ޖަރުމަނުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެންޓޯނިއޯ އުޑިގަރގެ އެހީތެރިކަމާ އެކު ސާރޖް ގްނޭބްރީއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ނެދަލެންޑްސްއިންނެވެ.
މެޗުގެ 48 ވަނަ މިނެޓުގައި މެމްފިސް ޑިޕޭގެ އެހީތެރިކަމާ އެކު މެޓްތިސް ދި ލިގްޓް ނެދަލެންޑްސްއަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑް ކުޑަކުރިއެވެ.
މި ލަނޑާ އެކު ނެދަލެންޑްސްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ޖަރުމަނުގެ ފަހަތަށް ވަނީ ބާރުބޮޑު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޖޯރޖީނޯ ވިންލެޑަމްގެ އެހީތެރިކަމާ އެކު މެމްފިސް ޑިޕޭއެވެ.
ފަހަތުން އަރައި ނެދަލެންޑްސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް ޖަރުމަނުން ވަނީ މެޗުގެ 90 މިނެޓުގައި ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މަރކޯ ރުސްގެ އެހީތެރިކަމާ އެކު ނިކޯ ޗަލްސްއެވެ.
މި ނަތީޖާއާ އެކު ކޮލިފައިންގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ޖަރުމަނު އޮތޯ ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕް ސީގެ ދެވަނައިގައެވެ. އެއް މެޗު އިތުރަށް ކުޅެގެން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ އަޔަރލެންޑްސްއެވެ.
މެޗުން ބަލިވި ނެދަލެންޑްސް އޮތީ ގްރޫޕްގެ ތިންވަނާގައެވެ.