ކ. މާލެ
|
25 މާރޗް 2019 | ހޯމަ 19:24
އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް
އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް
ފޭސްބުކް
ދިވެހި ފިލްމީ ދާއިރާ
ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
މެ ދެތަރިން ކައިވެނި ކޮށްފައިވަނީ ހޯމަ ދުވަހު ހަވީރު

ދިވެހި ފިލްމް އިންޑަސްޓްރީގައި މަގްބޫލު އެއް ޖޯޑު ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް ކައިވެނިކޮށްފިއެވެ.

މެ ދެތަރިން ކައިވެނި ކޮށްފައި ވަނީ ހޯމަ ދުވަހު ހަވީރު އުނިމާ ގްރޭންޑްގައެވެ.

މި ކައިވެނީގެ ހަފްލާގައި ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން ވަނީ ބައިވެރި ވެފައެވެ.

"ވިޝްކާ"ގެ މައި ރޯލުންނާއި ގިނަ ވީޑިއޯ ލަވަތަކުން އެކުގައި ފެނިގެން ގޮސްފައިވާ މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމުގެ އަދު ފުރަތަމަ ފެތުރިގެން ގޮސްފައި ވަނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ.

އެ އަޑު ދުވަސްކޮޅަކަށް ފަނޑު ވުމަށް ފަހު އަނެއްކާ ވެސް މި ދެތަރިން ރައްޓެހިގެން އުޅޭ ކަމުގެ އަދު ވަނީ ފެތުރިގެން ގޮސްފައެވެ. އަދި މި ދެ ތަރިން އެކުގައި ނަގާފއިވާ ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

ރިޝްމީ ވަނީ މީގެ ކުރިން ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ)އާ ކައިވެނި ކޮށްފައެވެ. އެކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.

ރަވީ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒްއާ އެވެ. އެކައިވެނި ރޫޅުމަށް ފަހުން އިތުރު ކައިވެންޏެއްކޮށް އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް