ކ. މާލެ
|
25 މާރޗް 2019 | ހޯމަ 18:10
ޖެކީ ޝްރޯފް
ޖެކީ ޝްރޯފް
ގެޓީ އިމޭޖަސް
ބޮލީވުޑް
ސަލްމާންގެ ބައްޕަގެ ރޯލް ކުޅެން އެއްވެސް މައްސަލައެއް ނެތް: ޖެކީ
އޭނާ އަބަދުވެސް ސަލްމާން އާއި ދޭތެރޭ ދެކެނީ ދަރިއެއް ގޮތަށް ކަމަށް ޖެކީ ވަނީ ބުނެފައި

ފިލްމް "ބާރަތު" ގައި ސަލްމާން ޚާންގެ ބައްޕަގެ ރޯލުން ފެނިގެން ދާނީ ޖެކީ ޝްރޯފް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ދެ ތަރިން އެކުގައި ގިނަ ފިލްމްތަކެއްގައި ވަނީ މަސައްކަތް ކޮށްފައެވެ.

ދިހަ އަހަރުގެ ތަފާތު މި ދެ ތަރިންގެ ދެމެދުގައި ހުރި ނަމަވެސް މި ފިލްމްގައި ސަލްމާން ފެނިގެން ދާނީ ޖެކީގެ ދަރިއެއްގެ ރޯލުންނެވެ.

"މިޑް ޑޭ" އަށް ދިން އިންޓަވިއު އެއްގައި ޖެކީ ބުނެފައި ވަނީ އުރުމުގެ މާބޮޑު ތަފާތު ކަމެއް ދެ މީހުންގެ ނެތް ނަމަވެސް ސަލްމާންގެ ބައްޕަ ރޯލް ކުޅެން ލަދު ނުގަންނަ ކަމަށެވެ.

މީގެ އިތުރުން ޖެކީ ބުނެފައި ވަނީ އެ ދެތަރިން ކެރިއަރ ފެށީ އެކުއެކީގައި ކަމަށާއި ނަމަވެސް ބައްޕަގެ ރޯލް ކުޅެން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އޭނާ އަބަދު ވެސް ސަލްމާނާ ދޭތެރޭ ދެކެނީ ދަރިއެއް ގޮތަށް ކަމަށް ޖެކީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖެކީ ބުނެފައި ވަނީ 2001 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޔާދޭން" ގައި ވެސް ކަރީނާ ކަޕޫރުގެ ބައްޕަގެ ރޯލް އޭނާ ކުޅެފައިވާނެ ކަމަށެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ރިލީޒް ކުރި "ދޫމް 3" ގައި ވެސް އާމިރު ޚާންގެ ބައްޕަގެ ރޯލް ކުޅެފައިވާނެ ކަމަށެވެ. އަދި ފިލްމްގައި އެ ކެރެކްޓާ އޭނާއަށް ކަމުދާ ނަމަ ބައްޕަގެ ރޯލް ކުޅެން އެއްވެސް މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ޖެކީ އާއި ސަލްމާން އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ބަންދަން" (1998)، "ސިރްފް ތުމް" (1999)، "ކަހީ ޕިޔާރުނާ ހޯޖާއޭ" (2000)، "ކިޔުންކީ" (2005)، އަދި "ވީރް" (2010) ހިމެނެއެވެ. "ބާރަތު"ގެ އިތުރުން ވެސް ޖެކީގެ ގިނަ ފިލްމްތަކެއް މިއަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި "ރޯމިއޯ އަކްބަރު ވޯލްޓަރ" އާއި ސައުތު ފިލްމްތައް ކަމަށްވާ "ތަލަޕަތީ 63" އަދި "ޕްރާސްތަނަމް" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް