Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 16:13
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް--
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް--
ރާއްޖެ އެމްވީ
އަދާލަތު ޕާޓީ
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު
ކްރިމިނަލް ކޯޓުން ބުނީ ޕާސްޕޯޓް ހިފަހައްޓަން އެދުނީ ފުލުހުން ކަމަށް
ފުލުހުން ބުނަނީ ޝިދާތާގެ މައްސަލައެއް ބަލަމުން ނުދާކަމަށާއި ކުށުގެ ރެކޯޑެއްވެސް ނެތް ކަމަށް

ކްރިމިނަލް ކޯޓުގައި އަދި ފުލުހުންގެ އިދާރާގައި ވެސް ބަލަމުންދާ މައްސަލައެއް ނެތް ކަމަށާއި އެކަމަކު ހުންނެވީ ގައުމުން ބޭރަށް ނުދެވޭ ގޮތަށް ބަންދެއްގައި ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

 

ބުދަ ދުވަހު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރަކަށް ފަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އިމިގްރޭޝަން ކައުންޓަރަށް ޕާސްޕޯޓް ދެއްކުމުން، ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށާއި އިމިގްރޭޝނުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށެވެ.

 

ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ފުލުހުން ޝިދާތާ ވަގުތު ކޮޅަކަށް ބަންދުކުރުމަށް ފަހު ދޫކޮށްލާފައިވީ ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން މައްސަލައެއްގަ ކަމެއް ފުލުހުން ބުނެފަ ނުވާ ކަމަށާއި އަދި ތަހުގީގު ކުރަމުންދާ މައްސަލައެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

 

ޝިދާތާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ޝިދާތާގެ ޕާސްޕޯޓް ދޫކޮށްފައިނުވާ ކަމަށާއި އެހެންކަމުން ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ބަންދެއްގައި ހުންނަންޖެހިފައިވާ ކަމަށެވެ.

 

ޝިދާތާ ވިދާޅުވީ މިމައްސަލާގައި އޭނާގެ ގާނޫނީ ވަކީލު އަލީ ހުސައިން ދައުލަތުގެ ކަމާބޭހޭ މުއައްސަސާތަކަށް ލިޔެގެން ކަންހިނގި ގޮތް އޮޅުން ފިލުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

 

އަލީ ހުސައިން ވިދާޅުވީ ޝިދާތާގެ ޕާސްޕޯޓް ހިފެހައްޓާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުނުމުން ކްރިމިނަލް ކޯޓަށް ސިޓީއަކުން އެކަން ސާފުކޮށްދިނުމަށް އެދުމުން، އެ އަމުރު ނެރެފައިވަނީ ފުލުހުނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުން ލިޔުމުން ބުނެފައިވާ ކަމަށެވެ. އަދި އެކަން ކުރީ ފުލުހުން އެދިގެން ކަމަށާއި އެމައްސަލައިގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް ހޯދުމަށް ކްރިމިނަލް ކޯޓުގެ ލިޔުމުގައި ބުނެފައިވާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

 

އެހެންކަމުން ޝިދާތާގެ މައްސަލައެއް ފުލުހުން ހުށަހެޅި ތަހުގީގު ކުރަމުންދޭތޯ ބެލުމަށާއި ޝިދާތާގެ ކުށުގެ ރެކޯޑެއް އޮތްތޯ ބެލުމަށް ފުލުހުންގެ ފަރާތުން އެދުމުން ފުލުހުން ދީފައިވާ ލިޔުމުގައި ޝިދާތާގެ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅި ތަހުގީގު ކުރަމުން ނުދާ ކަމަށާއި އަދި ޝިދާތާގެ ކުށުގެ ރެކޯޑެއް ވެސް ނެތް ކަމަށް ފުލުހުން ދީފައިވާ ލިޔުމުގައިވާ ކަމަށެވެ.

 

އަލީ ހުސައިން ވިދާޅުވީ ކްރިމިނަލް ކޯޓާއި އިމިގްރޭޝަން ނުވަތަ ފުލުހުންގެ އިދާރާގެ ތެރެއިން ކޮންމެވެސް އެއް އިދާރާއަކުން ދޮގު ހަދަމުންދާކަން މިމައްސަލައިގެ ލިޔުންތަކުންނާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެނގޭ ކަމަށެވެ.

 

އަލީ ހުސައިން ވިދާޅުވީ ޝިދާތާއަކީ ދޭތެރެ ދޭތެރެއިން ރާއްޖޭން ބޭރަށް ދަތުރުކުރައްވަންޖެހޭ ފަރާތަކަށްވާއިރު، ޕާސްޕޯޓް ހިފައްހައްޓާފައި ވާތީ ދަތިތަކާ ކުމަތިވެފައިވާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ރައްޔިތެއްގެ ކިބައިން ނިގުޅައިގަތުން ކަމަށާއި ޝިދާތާގެ ޕާސްޕޯޓް ހިފަހެއްޓި ފަހުން ހުންނަވަންޖެފައި އެވަނީ ބަންދެއްގައި ކަމަށެވެ.

 

އަލީ ހުސައިން ވިދާޅުވީ ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ކޯޓަށް ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ފެބްރުއަރީ 2017 | ބުދަ 14:25
ގިޔާސް
ވަކިބައެއްގެ އޯޑަރަށް ބާގީ ފުލުހުން ، މަސައްކަތްކުރުމް ވާގޮތް މިގައުމުމިދަނީ ފޭރޭ ބައެއްގެ ބޮޑު ގޭންގެއަތްދާސުގައި!ހިންގަމުން މިކަމުން ސަލާމަތްވާންޖެހޭ!
22 ފެބްރުއަރީ 2017 | ބުދަ 12:09
Insaaf
Mithaa eba oitha corteh