ކ. މާލެ
|
25 މާރޗް 2019 | ހޯމަ 18:11
ދިޕިކާ ޕަދުކޯން
ދިޕިކާ ޕަދުކޯން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
''ޗަޕާކް''ގެ ފުރަތަމަ ފެނިލުމަށް ގިނަ ފަންނާނުންގެ ތައުރީފް
"ޗަޕާކް" އަކީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްސްމީ އަގަރުވާލުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެއް

"ޗަޕާކް" ގައި ދިޕިކާ ޕަދުކޯންގެ ފުރަތަމަ ފެނިލުން ހޯމަ ދުވަހު ދައްކާލާފައިވާއިރު އެ ފޮޓޯއަށް ބޮލީވުޑްގެ ގިނަ ފަންނާނުންގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ.

މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ "ޗަޕާކް" އަކީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްސްމީ އަގަރުވާލުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

ދިޕިކާ އޭނާގެ ޓްވިޓާގައި ހިއްސާ ކޮށްފައިވާ ފިލްމްގެ ފުރަތަމަ ފެނިލުމުގެ ފޮޓޯގެ ކެޕްޝަންގައި ބުނެފައިވާ ގޮތުން ދިޕިކާއަށް މި ފިލްމްގައި ކިޔާ ނަމަކީ "މަލްޓީ" އެވެ.

ފިލްމްގެ ޝޫޓިން ހޯމަ ދުވަހު ފަށާފައިވާ ކަމަށާއި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ގައި ކަމަށް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާގެ މި ޓްރީޓަށް ތައުރީފްކޮށް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޓްވީޓް ކޮށްފައެވެ. އޭގެ ތެރޭގައި އަމީތާބް ބަޗަން، ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، ރާޖް ކުމާރު ރާއޯ، ޕަރިނީތީ ޗޯޕްރާ، ވިކީ ކައުޝަލް، އަރުޖުން ކަޕޫރު، ސިދާތް މަލޯތްރާގެ އިތުރުން ވެސް ގިނަ ތަރިން ހިމެނެއެވެ.

"ޗަޕާކް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ޕަދްމާވަތް" އަށް ފަހު ދިޕިކާ ކުޅޭ ފުރަތަމަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް