ކ. މާލެ
|
25 މާރޗް 2019 | ހޯމަ 08:30
ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންތަކެއް
ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންތަކެއް
މުހައްމަދު ޝަރުހާން
ސާކް ފިލްމު ފެސްޓިވަލް
ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިޔަށް ދަނީ މެއި މަހުގެ 7 އިން 12 އަށް
ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެ: އެންސީއޭ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން  އިންތިޒާމް ކޮށްގެން މެއި 7 އިން 12 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ފިލްމު ފެސްޓިވަލް 2019" ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފިއެވެ. 

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހޯމަ ދުވަހުކުރި އިއުލާނެއްގައި ބުނީ، މި ފަހަރުގެ ސާކް ފިލްމު ފެސްޓިވަން ގައި ކުރު ދެ ފިލްމު އަދި ދެ ފީޗަރ ފިލްމު އަދި އެއް މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަަށެވެ.

މި ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު ފަރާތަކުން ބައިވެރިވެވޭނެ ކަމަށް އެންސީއޭއިން ބުނެއެވެ. އެންސީއޭއިން ބުނީ، އެ ފަރާތްތަކުގެ ހުރުމާއި ދަތުރުފަތުރު ހަމަޖައްސައި ދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. ދަތުރުކުރުމަށް ޓިކެޓް ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތްތަކުން ކަމަށް އިއުލާނުގައިވެއެވެ. 

ފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްރީލް ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ ސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނެ އެވެ.  

މިއީ މެދު ނުކެނޑި ސާކް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަތާ ނުވަ ވަނަ ފަހަރެވެ. ސާކްގައި ހިމެނޭ ހަތް ގައުމުން މި ފެސްޓިވަލްގައި ބައިވެރިވެ އެކި ކަހަލަ ފިލްމުތައް ހުށައަޅައެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ "ހަލްދާ'' އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް