ކ. މާލެ
|
25 މާރޗް 2019 | ހޯމަ 09:21
އެހެނަސް ގެ ޓީޒާ ލައުންޗް ކުރުން
އެހެނަސް ގެ ޓީޒާ ލައުންޗް ކުރުން
ރާއްޖެއެމްވީ
ދިވެހި ފިލްމީ ދާއިރާ
އެހެނަސްގެ ޓީޒާ ދައްކާލައިފި
މި ސީރީޒް ގެ ފުރަތަމަ ސީޒަންގެ 40 ޕަސެންޓް ޝޫޓިން މިހާރު ވަނީ ނިމިފައި

ބައިސް ކޯފް އެޕުން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ  ބެވް ސީރީޒް "އެހެނަސް" ގެ ޓީޒާ ދައްކާލައިފިއެވެ.

"އެހެނަސް" ގެ ޕްރޮޑިއުސަރ ރަވީ ފާރޫގް ބުނީ މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައް ތަކެއްގެ މައްޗަށް ތައްޔާރު ކުރާ ސީރީޒްއެއް ކަމަށެވެ.

ދެ ސީޒަންއެއް ހިމެނޭ މި ސީރީޒްގެ އޮފިޝަލް ޓްރެއިލާ އަންނަ އެޕްރީލް މަހުގައި ފެނިގެންދާނެ ކަމަށް ރަވީ ވަނީ ބުނެފައެވެ.

 މާލޭގައި ބޮޑު ބައެއް ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މި ސީރީޒް ގެ ފުރަތަމަ ސީޒަންގެ 40 ޕަސެންޓް ޝޫޓީން މިހާރު ވަނީ ނިމިފައި ކަމަށް ރަވީ ބުންޏެވެ.

މެއިން ކާސްޓުންގެ ގޮތުގައި މި ސީރީޒް އިން ފެނިގެންދާނީ ޝީލާ ނަޖީބް އާއި މުހައްމަދު މަނިކު އެވެ. މީގެ އިތުރުންވެސް މިދާއިރާއަށް އަލަށް ތަޢާރަފްވާ ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް ރަވީ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް