ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 18:24
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
އިންޑިއާ ޓައިމްސް
ބޮލީވުޑް
ޖޭ ޖަޔާލަލީތާގެ ބައޯޕިކްގައި ކަންގަނާ
" ތަލައިވީ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގައި

އިންޑިއާގެ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކަންގަނާ ރަނައުތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ތަލައިވީ" ގެ ނަން ދީފައިވާ މި ބައޯޕިކްގައި ލީޑް އެކްޓަރަކީ ކަންގަނާ ކަން ހާމަ ކޮށްފައިވަނީ އޭނާގެ 32 ވަނަ އުފަންދުވަހު އެވެ.

މިއަހަރު ރިލީޒް ކުރި "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ގައި ރާނީ ލަކްޝްމީގެ ރޯލުން ފެނިގެން ގޮސްފައިވާ ކަންގަނާ " ތަލައިވީ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގައެވެ.

މި ފިލްމް ހެދުމަށް މަސައްކަތް ކުރަމުންދާކަން އިއުލާން ކޮށްފައިވަނީ ޖަޔާލަލީތާގެ 71 ވަނަ އުފަން ދުވަސް ކަމުގައިވާ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައެވެ.

ވިޖޭ ޑައިރެކްޓް ކުރާ މި ފިލްމް "ޓެމިލް"، "ތެލުގު" އަދި "ހިންދީ" ބަހުން ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިޝްނޫ އިންދުރީ ޕްރޮޑިއުސް ކުރާ މި ފިލްމްގެ ސްކރިޕްޓް މިހާރު ފައިންލް ކުރެވިފައިވާއިރު ކާސްޓުންނާއި ޓެކްނީޝަނުން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައޯޕިކްގެ އިތުރުން ދެން ކަންގަނާ ފެނިގެންދާނީ އޭޝްވާނީ އައްޔާ ތިވާރީގެ ސްޕޯޓްސް ފިލްމް "ޕަންގާ" އިންނެވެ. މި ފިލްމްގައި ކަންގަނާ ފެނިގެން ދާނީ ކަބައްޑި ކުޅޭ މީހެއްގެ ރޯލުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް