ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 17:00
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގޫގުލް
ބޮލީވުޑް
ކޫލީ ނަމްބަރު 1 ގެ ރީމޭކްގެ ބަތަލާ އަކަށް ސާރާ
ސާރާ ކުޅެފައިވާ ފިލްމްތަކަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައި

"ކޫލީ ނަމްބަރު 1" ގެ ރީމޭކްގައި ވަރުން ދަވަން އާއި އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ "ކޫލީ ނަމްބަރު 1" ގެ ވެސް ޑައިރެކްޓަރ ވަރުން ގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ ފިލްމެކެވެ.

ވަރުން ވަނީ އޭނާގެ ބައްޕަ ޑައިރެކްޓް ކޮށްފައިވާ "މައި ތެރާ ހީރޯ" އާއި "ޖުޅުވާ2" ގައި ވެސް ބަތަލު ގެ ރޯލް އަދާކޮށްފައެވެ.

ސާރާ ކުޅެފައިވާ ފިލްމްތަކަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.

ސާރާ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ކެދަރްނާތް" އިންނެވެ. އެ ފިލްމްގައި ސާރާ އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސުޝާންތް ސިންގް ރާޖްޕުތް އެވެ. އެއަށް ފަހު ރަންވީރު ސިންގް އާއި އެކު ސާރާ ކުޅެފައިވާ ފިލްމް "ސިމްބާ" ވެގެން ގޮސްފައިވަނީ މިދިޔަ އހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ސާރާ މިވަގުތު މަސައްކަތް ކުރަމުން ދަނީ އިމްތިއާޒް އަލީ ޑައިރެކްޓް ކުރާ ފިލްމް "ލަވް އާޖްކަލް 2" ގައެވެ. މި ފިލްމް ގައި ސާރާ އާއި އެކު ލީޑް ރޯލުން ފެނިގެން ދާނީ ކާތިކް އާރްޔަން އެވެ.

1995 ގައި ރިލީޒް ކުރި "ކޫލީ ނަމްބަރު 1" ގައި ލީޑް ރޯލް ކުޅެފައިވަނީ ކަރިޝްމާ ކަޕޫރާއި ގޯވިންދާއެވެ.

ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކަލަންކް" އިންނެވެ. މި ފިލްމްގައި ވަރުން އާއި އެކު އާލިއާ ބަޓް، އަދިތްޔާ ރޯއީ ކަޕޫރު، ސޯނާކްޝީ ސިންހާ، މާދުރީ ޑިކްސިޓް އަދި ސަންޖޭދަތް ފެނިގެންދާނެ އެވެ. މީގެ އިތުރުން ވަރުން ދަނީ "ސްޓްރީޓް ޑާންސަރ 3ޑީ" ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. މި ފިލްމްގައި ވަރުން އާއި އެކު ފެނިގެން ދާނީ ޝްރައްދާ ކަޕޫރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް