Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 07:40
ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ: ސަރުކާރަށް ދަނީ ފާޑު ވިދާޅުވަމުން
ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ: ސަރުކާރަށް ދަނީ ފާޑު ވިދާޅުވަމުން
ގޫގުލް
ފ އަތޮޅާ ވިއްކާލުން
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
ބިރު ދެއްކީ ވޯޓުގެ ކުރިން
މެންބަރުންނަށް ސީދާ ބިރުދެއްކި މައްސަލަ ހިފައިގެން ތެދުވާނެ
ޒިންމާ އުފުލަން ޖެހޭ މީހަކީ މަޖިލީހުގެ ރައީސް

ފ އަތޮޅު ސައޫދީ ރަސްގެފާނަށް ވިއްކާލަން ވެގެން ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ވޯޓުގެ ނެގުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި ކަމަށް ޕީޕީއެމަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.

ފ އަތޮޅު ވިއްކާލަން އުޅޭކަމުގެ ވާހަކަތައް ގިނަވެފައިވަނިކޮށް މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެ އަތޮޅު ސައޫދީ ރަސްގެފާނަށް މިލްކުކޮށްދެއްވީ ޤާނޫން އސާސީއަށް ބާބެއް އިތުރުކޮށްގެން ކަމަށާއި އެކަމަށް ނެގި ވޯޓު ދިނުމުގެ އެއްގަޑިއިރު ކުރިން 58 މެންބަރުންނަށް ސީދާ ބިރު ދެއްކި ކަމަށެވެ.

މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައިވާ 58 މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކޮން މެންބަރުންނެތްކަމެއް ވިދާޅު ނުވިނަމަވެސް އެއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެންބަރުން ކަމަށް ބެލެވެ.

މުސްތަފާ ތުހުމަތު ކުރައްވާފައިވާގޮތަށް މެންބަރުންނަށް ސީދާ ބިރުދެއްކެވީ ކޮން ފަރާތަކުންނެއް ކަމެއް މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެއެވެ.

މުސްތަފާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު މެންބަރުންނަށް ސީދާ ބިރުދެއްކި މައްސަލަ ހިފައިގެން ތެދުވާނެ ކަމަށާއި އަޅުގަނޑުމެން މަރުވެ ދިޔަޔަސް ޤައުމު ދިރިއޮންނާނެ ކަމަށެވެ. ޤާނޫނު އަސާސީ އާއި ޤާނޫންތައް މޮޑެގެން ޤައުމަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ މަޤާމަށްޓަކއި ވިކި ހުސްވެފައި ހުރި މަޖިލީހުގެ ރައީސް ކަމަށްވެސް މުސްތަފާގެ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މުސްތަފާ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ފ އަތޮޅުގައި ހިންގާ ބޮޑު ޕްރޮޖެކްޓް ހިންގިނަމަވެސް އެއަތޮޅު ރައްޔިތުން އެއަތޮޅުގައި ތިބޭނެކަމަށެވެ. އަދި އެއަތޮޅަށް ހިނގާނީ ރާއްޖޭގެ ޤާނޫން އަސާސީގެ ބާރު ކަމަށާއި އޮންނާނީ ދިވެހި ސަރުކާރުގެ ދަށުގައި ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ފެބްރުއަރީ 2017 | ބުދަ 07:50
ކަދުރު
ބަލަ ކްން ބިރެއްތޯ ބިރެއް ނުދެއްކޭ ނެ ބިރެއް ނުދެއްކޭނެ ބިރު ތިގަންނަނީޥެސް ތިބޭފުޅުން ނައްވެސް ކަމެއް ކަމެއް ކުރެވިވފަ އޮތީމަ ދޮއތޯ ( މި ގައުމަކީ ޢަދުލް އިންސާފް ގެ ކަންފުޅެއް ވެސް އޮތްތަނެއް ނޫން ).