Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 07:19
ފ ނިލަންދޫ ދާއިރާގެ މެންބަރު ޑރ ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ
ފ ނިލަންދޫ ދާއިރާގެ މެންބަރު ޑރ ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ
ގޫގުލް
ފ އަތޮޅު ވިއްކާލުން
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
ފ އަތޮޅަށް އަމާޒުވެފައި އޮތީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ޕްރޮޖެކްޓެއް
ފ އަތޮޅު އޮންނާނީ ރާއްޖޭގެ ސިޔާދަތުގެ ދަށުގައި

ފ އަތޮޅުގައި ބޮޑު ޕްރޮޖެކްޓް ހިންގިޔަސް އެއަތޮޅު ރައްޔިތުން އެއަތޮޅުގައި ދިރިއުޅޭނެ ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ފ ނިލަންދޫ ދާއިރާގެ މެންބަރު ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ ޚަލީލް މިހެން ވިދާޅުވެފައި މިވަނީ ސައުދީ އަރަބިއްޔާއަށް ފ އަތޮޅު ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އެކަންކަމަށް އިޝާރާތް ކުރައްވާ ޑރ ޚަލީލް ފޭސްބުކްގައި ވިދާޅުވެފައިވަނީ ފ އަތޮޅަށް އަމާޒުވެފައި އޮތީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެޕްރޮޖެކްޓް ތަންފީޒް ވިޔަސް، މިހާރެކޭ އެއްގޮތައް ފ.އަތޮޅު އޮންނާނީ ރާއްޖޭގެ ސިޔާދަތުގެ ދަށުގައި ކަމަށާއި ހިނގާނީ ރާއްޖޭގެ ޤާނޫންތައް ކަމަށެވެ. އަދި އޮންނާނީ ރާއްޖޭގެ ވެރިކަމުގެ ދަށުގައި ރާއްޖޭގެ ބައެއްގެ ގޮތުގައި ކަމަށްވެސް ޚަލީލް ވިދާޅުވެފައިވެއެވެ.

ޚަލީލް ވިދާޅުވެފައިވަނީ ފ އަތޮޅުގެ ރައްޔިތުން އުފާވެރިކަމާ ހިތްހަމަޖެހުމުގައި ފ އަތޮޅުގައި ދިރިއުޅޭނެ ކަމަށެވެ.

ޚަލީލް ވިދާޅުވީ ވެރިކަމަށް ދަހިވެތިވާ ހަސަދަވެރިން މިފަދަ ކަންކަން މިޤައުމަށް އައުމަށް ނޭދޭނެ ކަމަށެވެ.

ޚަލީލް މިހެން ވިދާޅުވެފައިވާއިރު ވ އަތޮޅާއި ފ އަތޮޅު ޒުވާނުން ހުޅުމާލެއަށް ބަދަލުވުމަށް ގޮވާލައްވަމުން ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އިޤްތިސޯދީ ސްކޯޕެއް ނެތް ރަށްރަށުގައި ކުރިއެރުމެއް ނެތްކަމަށާއި ފަހަރުގައި ހިތްގައިމު ރަށަކަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް، ދުއިސައްތަ މީހުން، ތިންސަތޭކަ މީހުން، ހަތަރު ސަތޭކަ މީހުންގެ އާބާދީގައި ކޮށްދެވޭނެ މާބޮޑެތި، ނޫނިއްޔާ ހާސިލް ކޮށްދެވޭނެ މާބޮޑެތި ކަންތައްތަކެއް ނުހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފ އަތޮޅު ވިއްކާލުމުގެ ވާހަކަ ދެކެވެމުންދާއިރު އެކަމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ސަރުކާރުން ތަފްސީލު މައުލޫމާތެއް އަދި ދެއްވާފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ފެބްރުއަރީ 2017 | ބުދަ 12:18
ކުރަހާ
ކަލޯއަކީ މަދަންނަމީހެއެް ކުރިންނެތް މުއްސަދިކަމެއް އަދީބުގެ ފަރާތުން ލިބިއްޖެ އަދީބު އޮތީ ޖަލުގައި ކަލޯ މުއްސަދިވެއްޖެ ދެން ފައިބުޑައްވެއްޓި އަތޮޅު ވިއްކާލަނީ ފަލަސްތީނަށް ވީގޮތް ހަދާނުގައި ބަހައްޓާތި ކަލޯ ފަހުން ނުބުނާތީ ތިމަނަނާއެއްނޫނޭ
22 ފެބްރުއަރީ 2017 | ބުދަ 11:15
ރިމްނާ
މި އެމްޑީޕީ ކުދިން އުޅެނީ ރާއްޖެއަށް މިސަރުކާރުން ގެންނަ ތަރައްގީ ފެނިފައި މޭ ކަރާތީ... އެހެން ވެގެން ދައްކާ ވާހަކައެއް އެއީ.. ވިއްކާލަނީއޭ ގައުމު ދަރަނީއޭ..