ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 10:53
2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ
2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ
ޑެއިލީ މެއިލް
މިސް މޮސްކޯ
ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
ތާޖު ހޯދިއިރު ޑައިމެންޑްގެ އެތިކޮޅުތައް މަދު: އޯގަނައިޒާ

ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފިއެވެ.  

ބަލިވެގެން ކަމަށް ބުނެ އިވެންޓަކަށް ހާޒިރުނުވެ ބަހަނާ ދެއްކުމަށް ފަހު ރާއްޖޭއަށް އައުމުން ލަގަބު އަތުލާފައި ވަނީ 2018 ވަނަ އަހަރުގެ ރަޝިއާގެ މިސް މޮސްކޯގެ މަގާމު ހޯދި އެލީސީއާ ސެމެރެންކޯ އަތުންނެވެ. އޭނާ އަށް ދީފައިވާ ޑައިމަންޑް ތާޖު އަނބުރާ ވަނީ އަތުލާފައެވެ.  

އިކޮނޮމިކްސް ކިޔަވަމުންދާ އުމުރުން 24 އަހަރުގެ އެލޭސިއާ އަށް ލިބުނު ތާޖު ވެސް މިހާތަނާ ޖެހެންދެން އޭނާ ގެންގުޅުނީ ފޮރުވައިގެންނެވެ. އޯގަނައިޒަރުން ބުނެފައި ވަނީ ތާޖް އަނބުރާ ހަވާލު ކުރަން ބުނުމުން ހަވާލު ނުކޮށް ގޭގައި ފޮރުވައިގެން ގެންގުޅުމުގެ އިތުރުން އަނބުރާ ހަވާލުކުރި އިރު ތާޖުގެ ޑައިމެންޑް އެތިކޮޅުތައް މަދު ކަަމަށެވެ.

''އަހަރުމެންނަށް ވަރަށް އުދަނގުލުން އޭނާ އަތުން ތާޖް ހޯދުނީ ވެސް. އޮތީ ހަލާކު ކޮށްލާފައި. އެއީ ގޯލްޑް ޕްލެޓް އިން ހަދާފައިވާ އަގުބޮޑު ތާޖެއް،'' އިންތިޒާމް ކުރި ފަރާތުން ބުންޏެވެ.

އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ ތާޖަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި، ބަޔަކު އޭނާގެ އަގު ވައްޓާލުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. މިހާރު ދެން އެ ތާޖު ދިނުމަށް ހަމަޖެހިފައި ވަނީ އެލޭސިއާ ވާދަކޮށް މިސް މޮސްކޯގެ ދެވަނަ މަގާމު ހޯދި ސޭނިއާ ޕަަލޭނޮވާ އަށެވެ.  

އެވޯޑް ދިން ފަރާތުން ބުނީ، މިސް މޮސްކޯގެ މަގާމު އޭނާ އަށް ދިންއިރު އޭނާ ބައިވެރިވާން އެއްބަސްވެފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އޭނާ އަށް ގުޅަން އެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަަމަށެވެ. އަދި ތަކުރާރުކޮށް އޭނާ އުޅެނީ ބަލިވެގެން ކަަމަށް ބުނަމުން ދިޔަ ކަަމަށެވެ.

''އެއްފަހަރު ބަލިވެފައި ދެން އަނެއްކާ ވެސް އޭނާ ބުނީ ބަލިވެޔޭ އުޅެނީ. އެތައް މަސްތަކެއް ވަންދެން އެކަން ތަކުރާރު ކުރި،'' އިވެންޓްގެ އޯގަނައިޒަރު ބުންޏެވެ.  

އޯގަނައިޒަރު ބުނީ މި ފަހަރު އޭނާ ބައިވެރިވާން ޖެހޭ ރަޝިއާގެ މިލިޓަރީގެ އިިވެންޓެއްގައި ބައިވެރިނުވެ ދެން ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކެެއް ކަމަށެވެ.  

މިސް މޮސްކޯ ކޮންޓެސްޓްގެ ޑިރެކްޓަރު ޓަޓިއާނާ ބުނީ، އެ މަގާމު ލިބޭ ފަރާތުން އެއް އަހަރު ދުވަސް ވަންދެން އިންތިޒާމް ކޮށްގެން ހިންގާ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެކަމަކު ހަރާކަތެއްގައި ބައިވެރި ނުވާއިރު ރިހާސަލްގައި ވެސް އެލޭނާ ބައިވެރި ނުވާކަން ޓަޓިއާނާ ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް