Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 05:22
އަންގާރަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝަރީފް ވާހަކަ ދައްކަވަނީ
އަންގާރަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝަރީފް ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
އާއިމާރާތުގައި އަގުހެޔޮކޮށް ލިބޭ އެކޮމަޑޭޝަން ތަކެއް ހަދަން ޖެހޭ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި 25 ބުރީގެ ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރި ނާރާނެ ކަމަށާއި އެއާ އެއްވަރަށް މީހުން ތަމްރީން ކުރަން ޖެހޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އިމާރާތަކީވެސް މުހިއްމު އެއްޗެއް ކަމަށާއި ނަމަވެސް ބޮޑެތި އިމާރާތްތަކުގެ އިތުރުން ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެޅުމަކީ އެކަމުން ބޭރު ފައިސާ ލިބޭނެ ކަމެއް ނޫންކަމަށާއި ސަބަބަކީ މީން ދުވަހަކު ރާއްޖެއަށް މެޑިކަލް ޓޫރިޒަމް އަންނާނެ ކަމަށް ޤަބޫލު ނުކުރެވުން ކަމަށެވެ.

ޝަރީފް ވިދާޅުވީ އެހެންކަމުން އެތަނުގެ ބޭނުމަކަށް ވާންވާނީ އެކިއެކި ބަލިބައްޔަށް ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ގޮތެއް ވުން ކަމަށާއި އެކަން ކުރެވޭނީ ރަނގަޅު ޚިދުމަތްތަކެއް ދެވިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އައިޖީއެމްއެޗަކީ އޭގެ ޒާތުގައި ބޭރު ފައިސާ ޖެނެރޭޓް ކުރާނެ ތަނެއް ނޫން. އެއީ މީން ޒަމާނަކު މެޑިކަލް ޓޫރިޒަމް ފެށޭނެ ކަމަކަށް ނުފެނޭ. އެކަމަކު ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ ގޮތް ވެއްޖެ ނަމަ އެއިން ހެޔޮ އަސަރެއް ކޮށްފާނެ ކަމެއް. ހަމައެކަނި އިމާރާތަކުން ނުފުދޭނެ. ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަށޭނަ ޤާބިލް މީހުން ނެތުން. އެހެންވީމާ އިމާރާތެއް ކުރަން ޚަރަދެއް ކުރާއިރުގައި އެއިމާރާތުގައި ޚިދުމަތްދޭނެ މީހުން ބިނާކުރަން އެއަށްވުރެ ބޮޑު ޚަރަދެއް ކުރަން އެބަޖެހޭ. އެކަން ކުރާތީއެއް ނުފެނޭ." ޝަރީފް ވިދާޅުވިއެވެ.

މާލޭގެ ކުއްޔާއި އެހެނިހެން ޚަރަދުތައް ހުންނަގޮތުން ރަށްރަށުން މާލެ އައިސް މާލޭގައި ޑޮކްޓަރަށް ދެއްކުމަށްވުރެ ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާ ކުރުން ޚަރަދު ކުޑަވާނަމަ ރާއްޖެއިން ބޭރަށް ދިއުން ހުއްޓޭނެތޯ ދެންނެވުމުން ޝަރީފް ވިދާޅުވީ އެކަމަށް ވިސްނަން ޖެހޭ ކަމަށާއި ހޮސްޕިޓަލްގެ އާއިމާރާތުގައި އަގުހެޔޮކޮށް ތިބެވޭނޭ އެކޮމޮޑޭޝަން ބްލޮކްތަކެއް ހަދަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެފަދަ ކޮޓަރިތައް ހުންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް