މަޔާމި އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ޑެން އިވާންސް ކަށަވަރުކޮށްފިއެވެ.
ޑެން އިވާންސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ މާލެކް ޖަޒީރީ ދެ ސެޓުން ބަލިކޮށްގެންނެވެ.
މިވަގުތު ދުނިޔޭގެ ރޭންކިންގެ 97 ވަނާގައި އޮތް އިވާންސް މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ 2-6 އަދި 0-6 ގެ ނަތީޖާއަކުންނެވެ.
އިނގިރޭސިވިލާތުގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޑެން އިވާންސް ވަނީ ޑެލްރޭ ބީޗް އޯޕަންގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. 28 އަހަރުގެ ޑެން އިވާންސް ކުރިއަށް އޮތް ބުރުގައި ވާދަކުރާނީ ކެނެޑާގެ ޑެނިސް ޝެޕޮވެލޮވް އާއެވެ.
ޑެން އިވާންސް ފަސޭހަ ކަމާއެކު ދެވަނަ ބުރަށް ދަތުރު ކުރިނަމަވެސް އިނގިރޭސިވިލާތުގެ ކެމްރަން ނޯރީ ވަނީ އޮސްޓްރޭލިއާގެ ޖޯރޑަން ތޮމްޕްސަން އަތުން ތިން ސެޓު ދެ ސެޓުން ބަލިވެފައެވެ.
ދުނިޔޭގެ ރޭންކިންގެ 51 ވަނާގައި އޮތް ނޯރީ އާއި 77 ވަނާގައި އޮތް ތޮމްޕްސަން ވާދަކުރި މެޗުގެ ފުރަތަމަ ސެޓު ނޯރީ ކާމިޔާބު ކުރިނަމަވެސް ފަހު ދެ ސެޓު ކާމިޔާބު ކޮށްފައިވަނީ ތޮމްޕްސަންއެވެ.
އިންޑިއަން ވެލްސްގައިވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ނޯރީ ފުރަތަމަ ބުރުން ކަޓައިގެން ދިޔަ މިއީ ދެވަނަ ފަހަރެވެ.