ކ. މާލެ
|
22 މާރޗް 2019 | ހުކުރު 14:43
ކޭސަރީ ޕޯސްޓަރ
ކޭސަރީ ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މި އަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް ކޭސަރީ
މި ފިލްމް ވެގެން ގޮސްފައިވަނީ އަކްޝޭގެ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށް

ބޮލީވުޑް އެކްޓަރ އަކްޝޭ ކުމާރު އެންމެ ފަހުން ކުޅުނު ފިލްމް "ކޭސަރި" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި މި ފިލްމަށް ވަނީ ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 21.50 ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ގޯލްޑް އަށެވެ. މި ފިލްމަށް ވަނީ 25.25 ކްޜޯޑް ރުޕީސް ލިބިފައެވެ.

މިއަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާންދަނީއެއް ލިބިގެން ގޮސްފައިވަނީ "ގަލީ ބޯއީ" އަށެވެ. މި ފިލްމަށް ވަނީ 19.40 ކްރޯޑް ރުޕީސް ލިބިފައެވެ.

ތިން ވަނައިގައި 16.50 ކްރޯޑް ރުޕީސް ލިބިގެން ޓޯޓަލް ދަމާލް އޮތް އިރު ހަތަރު ވަނައިގައި އޮތީ 13.01 ކަރޯޑް ރުޕީސް ލިބިގެން ކެޕްޓަން މާރވެލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް