ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 02:11
ގައުމީ ކެރަމް މުބާރާތުގެ ތެރެއިން
ގައުމީ ކެރަމް މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
ގައުމީ ކެރަމް މުބާރާތް
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
 
މިކްސް ޑަބަލް އިވެންޓުގެ ފައިނަލުން ޖާގަ ހޯދީ މުހައްމަދު މުންތަސިރް އާއި އިސްމާއިލް އަޒްމީން

ގައުމީ 27  ވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކެރަމް ހޯލްގައި ކުޅުނު ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލުން ޖާގަ ހޯދީ މުހައްމަދު މުންތަސިރް އާއި އިސްމާއިލް އަޒްމީންގެ ޕެއާ އަދި އަލީ އާޒިމްއާއި ހުސައިން އަލީގެ ޕެއާ އެވެ.

ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު މުންތަރާއި އަޒްމީންގެ ޕެއާ ކާމިޔާބުކުރީ އަލީ އަކްރަމްއާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާ ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. ދެވަނަ ސެމީގެ މެޗު އާޒިމްއާއި ހުސައިން އަލީ ކާމިޔާބުކުރީ ނައުފަލް ޝަރީފާއި ހާތިމް ޚަލީލްއާ ވާދަކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މީގެ އިތުރުން މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު އަންހެނުންގެ ސިންގަލްސް އިވެންޓްތަކުގެ މެޗުތައް ކާމިޔާބުކޮށް، 8 ކުޅުންތެރިއަކު ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. އެކުޅުންތެރިންނަކީ އައިމިނަތު ވިޝާމާ އާއި ޖުމާނާ ޚަލީލް އާއި އައިމިނަތު ޝުބާ އާދަމް އާއި އައިޝަތު ޒުލްފިޝާން އާއި އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އާއި އައިމިނަތު ވިދާދު އަދި އައިޝަތު ފައިނާޒް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް