ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 21:45
ޝާހިދު ކަޕޫރާއި އަމްރީތާ ރާއޯ
ޝާހިދު ކަޕޫރާއި އަމްރީތާ ރާއޯ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އިޝްގް ވިޝްކްގެ ސީކުއެލްއެއް ހަދަނީ
ފިލްމްގެ ސީކުއެލް އެއް ހަދަން އުޅޭކަން ޕްރޮޑިއުސަރ ރަމޭޝް ތައުރާނީ ވަނީ ޔަގީންކޮށްދީފައި

ފަހަކަށް އައިސް ދަނީ ބޮލީވުޑްގެ ގިނަ ފިލްމް ތަކެއްގެ ސީކުއެލް ހަދަމުންނެވެ.

އޭގެ ތެރޭގައި ސަޑަކް، ސްޓޫޑެންޓް އޮފް ދަ އިޔާ، ހައުސްފުލް އަދި ހިންދީ މީޑިއަމް ހިމެނެއެވެ.

އަނެއްކާ ވެސް މިވަނީ ޝާހިދު ކަޕޫރާއި އަމްރީތާ ރާއޯ ކުޅެފައިވާ ފިލްމް "އިޝްގް ވިޝްކް" ގެ ސީކުއެލް ހަދަން އުޅޭ ކަމުގެ އަޑު ފެތުރިފައެވެ.

"އިޝްގް ވިޝްކް" އަކީ ޝާހިދު ކަޕޫރު ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔަ ފިލްމެވެ. މި ފިލްމް ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ފިލްމަކަށެވެ.

މި ފިލްމްގެ ސީކުއެލް އެއް ހަދަން އުޅޭކަން ޕްރޮޑިއުސަރ ރަމޭޝް ތައުރާނީ ވަނީ ޔަގީންކޮށްދީފައެވެ.

ފިލްމްގެ ސްކްރިޕްޓް މިހާރު ތައްޔާރު ކުރަމުންދާ ކަމަށާއި މި ފިލްމް ވެސް ވެގެން ދާނީ ޓީނޭޖް ރޮމޭންސް ދައްކުވައިދޭ ފިލްމަކަށެވެ.

ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ސްކްރިޕްޓް ނިންމާލެވޭނެ ކަމަށާއި އެއަށްފަހު ފިލްމް ޑައިރެކްޓަރާއި ކާސްޓުން ހޯދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އިޝްގް ވިޝްކް"ގައި ދައްކުވައިދެނީ ޒުވާން ފިރިހެން ކުއްޖެއް އޭނާގެ ކޮލެޖްގައި އުޅޭ އެންމެ ރީތި އަންހެން ކުއްޖާއާއި ޑޭޓް ކުރަން އުޅޭ މަންޒަރެވެ.

ޝާހިދު ދެން އެންމެ އަވަހަށް ފެނިގެން ދާނީ "އަރުޖުން ރެޑީ" ގެ ރީމޭކް އިންނެވެ. މި ފިލްމްގައި ޝާހިދު އާއި އެކު ފެނިގެންދާނީ ކިއާރާ އަދްވާނީ އެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 21 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް