އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އައު ދެ ޚިދުމަތްތަކެއް އުރީދޫ އިން ތަޢާރަފްކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އުރީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ ސުޕަރނެޓް ސޭވާ ޕްލޭން އާއި ސްޕީޑް ޓަރބޯ ޕްލޭންސް ތަޢާރަފްކޮށްފައެވެ.
އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ ހަ މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވަރ ޕްލޭން މެދުވެރިކޮށް ވަރަށް ފުރިހަމަ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި 12 މަހުގެ ޕްލޭނާ އެކު، އިތުރު ދެ މަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭނުގު ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މަސްދުވަހުގެ ތެރޭގައި ބޭނުން ނުކުރެވި ބާކީވާ ޑޭޓާ އެލަވަންސް، މުޅި ޕެކޭޖުގެ މުއްދަތު ނިމެންދެން ބޭނުންކުރެވޭނެއެވެ. މި ޚިދުމަތުގެ އެންމެ ފަސޭހަ ކަމަކީ މި ޕްލޭންތަކާ އެކު މަހުން މަހަށް ބިލް ދެއްކުމުގެ ދަތިކަން ހައްލުވެގެންދާނެތީ ކަމަށް އުރީދޫ އިން ބުންޏެވެ.
ސުޕަރނެޓް ސޭވަރ 10 އެމް ސިލްވަރ 50 ޖީބީއާ އެކު ހަ މަހުގެ ޕްލޭންއަކަށް 2,970 ދައްކަންޖެހޭއިރު، 12 މަހަށް ދައްކަން ޖެހޭނީ 5,460ރ. އެވެ.
ސުޕަރނެޓް ސޭވަރ 10 އެމް ޕްލެޓިނަމް، 150 ޖީބީއާއި އެކު ހަ މަހުގެ ޕްލޭން 5,460ރ. އަށް ލިބޭއިރު 12 މަހަށް ދައްކަން ޖެހޭނީ 10,488ރ. އެވެ. އަދި ސުޕަރނެޓް ސޭވަރ 10 އެމް ޕްލެޓިނަމް، 400 ޖީބީއަށް ހަ މަސް ދުވަހަށް 9,960ރ. އަށް ލިބޭއިރު 12 މަސްދުވަހަށް މި ޕްލޭންގެ ދަށުން ދައްކަން ޖެހޭނީ 18,480ރ. އެވެ. މިއިން ކޮންމެ ޕްލޭނަކާ އެކުވެސް 12 މަހަށް އެއް ފަހަރާ ފައިސާ ދައްކާއިރު 2 މަސް ދުވަސް ހިލޭ ލިބިގެންދާނެ ކަމަށް އުރިދޫއިން ބުންޏެވެ.
މީގެ އިތުރުން އުރީދޫ އިން ވަނީ، ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ސްޕީޑް އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ ތައާރަފްކޮށްފައެވެ.
މިހާރު ކަސްޓަމަރުން ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ޚާއްސަ ޕެކް އެކްޓިވޭޓްކުރުމާއި އެކު، 48 ގަޑިއިރާ ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެއެވެ. މިގޮތުން، ދެ އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރާ ކަސްޓަމަރެއް ވެސް، ޓާރބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑިއިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެއެވެ. އަދި މި ޕްލޭންގެ ދަށުން ސުޕަރނެޓް ޓަރބޯ 20 އެމްބީއެސް އިންޓަނެޓް ސްޕީޑް 95.00ރ. އަށް ލިބޭއިރު މިއީ 10 ޖީބީ، 24 ގަޑިއިރަށެވެ.
އެހެންކަމުން މި ޙިދުމަތަށް ބޭނުންވާ ކަސްޓަމަރުން މިހާރު ވެސް އުރީދޫގެ އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް މިޙިދުމަތް ހޯދޭނެއެވެ.