ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 17:21
ސާރާ އަލީ ޚާން އާއި ކާރްތިކް އާރްޔަން
ސާރާ އަލީ ޚާން އާއި ކާރްތިކް އާރްޔަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
''ލަވް އާޖްކަލް 2'' ގެ ފުރަތަމަ ފެނިލުމުގައި ވެސް ސާރާ އާއި ކާރްތިކްގެ ރޮމޭންޓިކް ފޮޓޯއެއް!
''ލަވް އަޖްކަލް 2'' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާރްތިކް އާރްޔަން އާއި ސާރާ އަލީ ޚާން ވަނީ އެ ދެ މީހުންގެ އަންނަން އޮތް ފިލްމް "ލަވް އާޖްކަލް 2" ގެ ފުރަތަމަ ފެނިލުން ހިއްސާ ކޮށްފައެވެ.

ބުދަ ދުވަހު މި ދެ ތަރިންގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާ ކޮށްފައިވާ މި ފޮޓޯ ނަގާފައި ވަނީ ފިލްމްގެ ޑައިރެކްޓަރ އިމްތިއާޒް އަލީއެވެ.

މި ފޮޓޯގައި ފެނިގެންދަނީ ކާރްތިކްގެ ކޮނޑުގައި ސާރާ ބޯ އަޅާއިލައިގެން އޮއްވައެވެ. "ލަވް އަޖްކަލް 2" ރިލީޒް ކުރުމަށް ހަމްޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި ކަމަށް މި ދެ ތަރިން ހިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

" ލަވް އާޖްކަލް2" އަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލްއެކެވެ.

"ލަވް އާޖްކަލް" ގައި ލީޑް ރޯލް ކުޅެފައި ވަނީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އާއި ދިޕިކާ ޕަދުކޯންއެވެ.

"ކޮފީ ވިތު ކަރަން" ގައި ސާރާއާ އެކު ޑޭޓަކަށް ދާން ކާރްތިކް ބޭނުންވާ ކަމަށް ބުނި ފަހުން ފޭނުން ދިޔައީ މި ދެ ތަރިން އެކުގައި ފެނިގެންދާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެހެންކަމުން ސާރާ އާއި ކާރްތިކް އެކުގައި ފެނިގެން ދާ މި ފޮޓޯ ވެގެން ދިޔައީ ފޭނުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހަދިޔާއަކަށެވެ.

ފާއިތުވި ހަފްތާތަކުގައި ކާރްތިކް އާއި ސާރާ ވަނީ މި ފިލްމްގެ ޝޫޓިންތައް ދިއްލީގައި ނަގަން ފަށާފައެވެ. އަދި މި ދެ ތަރިން ފިލްމް ޝޫޓިންގައި ދިއްލީގެ މަގެއް މަތީގައި ބައިކް ދުއްވާ ވީޑިއޯއެއް ވެސް ވަނީ ވައިރަލް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް