ކ. މާލެ
|
21 މާރޗް 2019 | ބުރާސްފަތި 16:58
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
ކައިވެންޏަށް ނިކް ޕްރޮޕޯސްކުރުމުން އޭނާ އަށް ކައްކަން ނޭނގޭ ކަމަށް ބުނި

ބޮލީވުޑް އަދި ހޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ އަށް ކައްކަން ނޭނގެ ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކޮށްފައިވާ ޕްރިޔަންކާ "އޭބީސީ"ގެ ޗެޓް ޝޯގައި ވަނީ އޭނާގެ ކައިވެންޏާ ގުޅޭ ގޮތުންނާއި ދާދިފަހުން ނިކް ޖޯނަސްގެ އާއިލާ އިން ރިލީޒްކުރި މިއުޒިކް އަލްބަމް "ސަކާރ"އާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ކައިވެންޏަށް ނިކް ޕްރޮޕޯސް ކުރުމުން ކައްކަން ނޭނގޭ ކަމަށް ބުނެފައިވާނެ ކަމަށް ޕްރިޔަންކާ ވަނީ  ބުންޏެވެ.

"ނިކް އަހަންނަށް ޕްރޮޕޯސް ކުރުމުން އަހަރެން ބުނިން އަހަންނަށް ކައްކާކަށް ނޭނގެއޭ.. އަހަރެން ބުނިން ނިކްއަކީ ރަނގަޅު އާއިލާއަކުން އައިސްފަ ހުރި މަންމަ ކައްކާ މީރު ކާއެއްޗިހި ކައިގެން އުޅޭ މީހެކޭ. ނަމަވެސް އަހަންނަކީ އެކަހަލަ މީހެއް ނޫން. އަހަންނަކަށް ކައްކާކަށް ނޭނގޭ،" އިންޓަވިއުގައި ޕްރިޔަންކާ ބުންޏެވެ.

އުމުރުން 36 ގެ ޕްރިޔަންކާ ބުނެފައި ވަނީ އޭނާ އަށް ހަމައެކަނި ކައްކަން އިނގޭ އެއްޗަކީ ބިސް ކަމަށެވެ.

ކައްކަން ނޭނގޭ ވާހަކަ ބުނުމުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ނިކް ބުނި ކަމަށާއި ނިކް އަށް ވެސް ކައްކަން ނޭނގޭ ކަމަށް ބުނި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 މާރޗް 2019 | އާދީއްތަ 07:01
ދިއެޓޯލް ޑޮޓް ކޮމް
ކަންކަން ނުވަތަ އެހެންކަމެއްވިޔަސް ދަސްކުރަން ބޭނުންނަމަ ދަސްކުރުމަކީ މިޒަމާނުގައި އެއްވެސް ކަމެއްނޫން، ކަންކަން ނޭންގޭމީހަކަށް އާއިލީޒިންމާ އަދާނުކުރެވޭނެ