ކ. މާލެ
|
20 މާރޗް 2019 | ބުދަ 22:35
40 ޕްލަސް ގެ ޕޯސްޓަރ
40 ޕްލަސް ގެ ޕޯސްޓަރ
ފޭސްބުކް
ދިވެހި ފިލްމީ ދާއިރާ
40 ޕްލަސްގެ ވަދާއީ ޝޯ މިމަހު 24 ގައި
ހުޅުމާލެ ޝްވެކް ސިނަމާގައި އާއި އަތޮޅު ތެރޭގައިވެސް ފިލްމް ދެއްކުމަށް ވަނީ ހަމަޖެހިފައި

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސްގެ އޮލިމްޕަހުގައި ދައްކާ އެންމެ ފަހު ޝޯ މިމަހުގެ 24 ގައި ދެއްކުމަށް ނިންމައިފިއެވެ.

މިހިނގާ މާރޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމްގެ ފަނަރަ ޝޯއެއް މިހާތަނަށް ދައްކާފައިވާއިރު މި ފިލްމަށް ބެލުން ތެރިންގެ ބޮޑު ތަރުހީމެއް ލިބިފައިވާ ކަމަށް ފިލްމްގެ ޕްރޮޑިސަރ އިސްމާއީލް ޝަފީގް ބުންޏެވެ.

މި ފިލްމްގެ 20 ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު  ހުޅުމާލެ ޝްވެކް ސިނަމާގައި ވެސް މި ފިލްމް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަތޮޅު ތެރޭގއި ވެސް ގިނަ ޝޯ ތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމްގެ ޓިކެޓް ބުކް ކުރަން ބޭނުން ފަރާތްތަކުން ފޯޓީ ޕްލަސްގެ ހޮޓް ލައިން ނަމްބަރު 7384040 އަށް ގުޅުމުން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޝަފީގް ބުންޏެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ އެ ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ)އެވެ. މީގެ އިތުރުން އެ ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރަފު ކުރާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް