ކ. މާލެ
|
20 މާރޗް 2019 | ބުދަ 17:14
ގެސްޓްތަކުގެ ސެމިނަރގެ ތެރެއިން
ގެސްޓްތަކުގެ ސެމިނަރގެ ތެރެއިން
ރާއްޖެއެމްވީ
ގެސްޓްހައުސް ސެމިނަރ
ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރތައް ފަށައިފި
ސެމިނަރތައް ކުރިއަށްދާނީ މާރޗްމަހުގެ 23 ހުން 23 މެއިގެ ނިޔަލަށް

ރާއްޖޭގައި ގެސްޓްހައުސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރ ތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި މޯލްޑިވްސް ގޭޓްވޭސް އަދި މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަންއާއި ގުޅިގެން ކުރިއަށްގެންދާ މިސެމިނާރގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ އއ. ރަސްދޫގައެވެ.

ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ ކަމެކެވެ.

ޖުމްލަ 32 ބައިވެރިން މިބައްދަލުވުމުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 12 ފަރާތަކުން ވަނީ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިސެޝަންތަކުގައި ބައިވެރިވި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މާރކެޓް ޓްރެންޑްސްއާއި ތަފާސް ހިސާބުތަކަށެވެ.

އަދި ސޯޝަލް މީޑީއާގެ ތަފާތު ޕްލެޓް ފޯމްތަކުގައި އެފަރާތްތަކުގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ހިއްސާ ކޮށްފައެވެ.

އަދި މިސެމިނާރގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ އއ. އުކުޅަހުގައެވެ. އަދި ކުރިއަށް ހުރި ސެމިނަރތައް މާރޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 23 މެއިގެ ނިޔަލަށް ކުރިއަށްދާއިރު އއ. ދިގުރަށް، ވ.ތިނަދޫ، ބ.ދަރަވަންދޫ، ހުޅުމާލެ، އދ.ހަނިމާދޫ، އައްޑޫ ސިޓީ، ލާމު އަތޮޅު، ގދ.ތިނަދޫ، އަދި ކ. މާފުށި ހިމެނެއެވެ.

- ކޮމެންޓް