ކ. މާލެ
|
20 މާރޗް 2019 | ބުދަ 08:59
އިވާން ޕެރިސިޗް
އިވާން ޕެރިސިޗް
ގެޓީ އިމޭޖަސް
އިވާން ޕެރިސިޗް
ޕެރިސިޗް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކުރަނީ
އިންޓައާއެކު ޕެރިސިޗް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައި

އިންޓަ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 30 އަހަރުގެ ޕެރިސިޗް ހޯދުމަށް ޓޮޓެންހަމްއިން ޝައުގުވެރިވެއެވެ. އެގޮތުން އޭނާ ހޯދުމަށް 35 މިލިއަން ޔޫރޯ ހޭދަކުރަން ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޕެރިސިޗް ގަންނަން މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އިންޓަގެ އެއްބާރުލުން އެކަމަށް ނުލިބުމުން ޔުނައިޓެޑަށް އެކަން ކާމިޔާބެއް ނުވެއެވެ.

ޔުނައިޓެޑުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ޕެރިސިޗް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން އަދި ސްޕެއިންގެ ކްލަބްތައްވެސް ހިމެނެއެވެ.

ޕެރިސިޗް ވަނީ 2017 ވަނަ އަހަރު އިންޓައާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އިތުރުކޮށްފައެވެ. އެގޮތުން އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

ބްރޫޝިއާ ޑޯޓްމަންޑް އާއި ވުލްފްސްބާގަށްވެސް ކުޅެފައިވާ ޕެރިސިޗް އިންޓައަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 149 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ.

ޑޯޓްމަންޑާއެކު ބުންޑަސް ލީގާ އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްފައިވާ ޕެރިސިޗް ވަނީ ވުލްސްބާގާއެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދާފައިވާ ޕެރިސިޗް ވަނީ ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް