Advertisement
ކ. މާލެ
|
20 މާރޗް 2019 | ބުދަ 08:17
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު
މިހާރު
މުހައްމަދު ޝިފާޒު
ގައުމެއް އެނގޭނީ މަގުމަތީގައި ހިނގީމަ: މިނިސްޓަރު ޝިފާޒު
އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ އެކު
ދިމާވެފައިވާ މައްސަލަތަކުގެ ހައްލުތައް އޮތީ އެޖެންޑާ19 ގައި

ގައުމެއް އެނގޭނީ މަގުމަތީގައި ހިނގީމަ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިފާޒު ވިދާޅުވީ އެޖެންޑާ 19 އަށް ދަތުރު ފަށައިގެން އަންނައިރު މާޒީއަށް ޖެހިލަންޖެހޭ ކަމަށާއި، އެމްޑީޕީއަކީ ކާމިޔާބާއި ނާކާމިޔާބީގައި ވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރި ޕާޓީއެއް ކަމަށެވެ.

މިނިސްޓަރު ޝިފާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ހައްލު ހޯދައިދިނުމަށް އެމްޑީޕީން ފާއިތުވެދިޔަ 13 އަހަރު ދުވަހު މަސައްކަތް ކުރި ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ވެސް އެގޮތުގައި ކަމަށެވެ.

މިނިސްޓަރު ޝިފާޒު ވިދާޅުވީ ގައުމެއް އެނގޭނީ މަގުމަތީގައި ހިނގުމުން ކަމަށް އެމްޑީޕީން އަބަދު ވެސް ގަބޫލުކުރަމުން އަންނަ އުސޫލު ކަމަށެވެ. ގިނަ އަދަދެއްގެ ރައްޔިތުންގެ ލޯބި އެމްޑީޕީއަށް ހާސިލްވެގެން ދިޔައީ މި އުސޫލުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކުގެ ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝިފާޒު ވިދާޅުވީ އެމްޑީޕީ މެންބަރުންނަކީ ރައްޔިތުންގެ ގާތަށް ގޮސް އެ ރައްޔިތުންގެ އުންމީދުތައް ދެނެގަނެގެން އެއަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ ވަކި މީހަކަށް ލިބޭ ވަކި މަންފާއަކަށް ބެލުމެއް ނެތި އެއް ފިކުރެއްގައި މަސައްކަތް ކުރާނެ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ.

''އެހެންޕާޓީތަކުގެ ވިސްނުމުގަ އިންތިޚާބެއް ކުރިމަތިވީމަ ވެސް އޭގެ މަންފާއެއް ނުވަތަ އެހީތެރިކަމެއް އެހެން ޕާޓީގެ ފަރާތުން ލިބެނީ އެކަކަށް ނުވަތަ ދެ މީހަކަށް. އެއީ އެރަށެއްގަ ހުންނަ މީހާ. އޭނާ ހަދާ އެއްޗެއް ހަދާފަ އޭނަ ގެ ދެތިން ބުރިއަޅާލެވުނީމަ ނިމުނީ. އެއީ އެހެން ޕާޓީތަކުގެ ވިސްނުން. އަޅުގަނޑުމެންގެ މުޅި ކެންޕޭން މިހިންގަނީ ހުރިހާ މެންބަރުން އެކީގައި،'' މިނިސްޓަރު ޝިފާޒު ވިދާޅުވިއެވެ.

އެޖެންޑާ19 އަށް އަލިއަޅުވާލައްވާ މިނިސްޓަރު ޝިފާޒު ވިދާޅުވީ ރާއްޖޭއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލުތައް އޮތީ އެޖެންޑާ19ގައި ކަމަށާއި، މި ރާއްޖެއަށް ހަމަޖެހުން ލިބި، އާއިލާއާ އެކު ހަމަޖެހިގެން ދިރިއުޅެވެން އޮތީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ބޮޑުތަނުން އެމްޑީޕީއަށް ލިބިގެން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދުތައް ހާސިލްވާން އޮތީ ވެސް މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބިގެން ކަމަށް މިނިސްޓަރު ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 މާރޗް 2019 | ބުދަ 11:38
ihaaru.
ތެދުވާހަކައެއް