ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 21:53
ބޮނޭ ކަަޕޫރާއި ބަދާއީ ހޯ ގެ ޓީމް
ބޮނޭ ކަަޕޫރާއި ބަދާއީ ހޯ ގެ ޓީމް
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ހަތަރު ބަހަކުން ބަދާއީހޯ ގެ ރީމޭކެއް ހަދަނީ
މި ފިލްމް މި ތައްޔާރު ކުރަނީ ސައުތް އިންޑިއަން އޯޑިއަންސަށް

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ބަދާއީހޯ" ގެ ރީމޭކެއް ޕްރޮޑިއުސަރ ބޮނޭ ކަޕޫރު ހެދުމަށް ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ބަދާއީހޯ" ގެ ރީމޭކް ހެދުމަށް ހަމަޖެހިފައިވަނީ ހަތަރު ބަހަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ޓެމިލް، ތެލުގު، މަލަޔާލަމް އަދި ކަންނަޑާ އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނީނާ ގުޕްތާ ގަޖްރާޖް ރާއޯ، އަޔުޝްމަން ޚުރާނާ އަދި ސަނާޔާ މަލޯތްރާ ލީޑް ޜޯލުން ފެނިގެންދާ މި ފިލްމަކީ އުމުރުން ދުވަސްވެފައި ހުރި ދެމަފިރިއަކު ތިން ވަނަ ދަރިފުޅަށް އަންހެނުން މާބަޑުވުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

އައިއެމްޑީބީ ކަސްޓަމާ ރޭޓިންގައި 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން މި ފިލްމް ވަނީ ގަދަ ފަހެއްގައި ހިމެނިފައެވެ.

ބޮނޭ ކަޕޫރު މި ފިލްމް މި ތައްޔާރު ކުރަނީ ސައުތް އިންޑިއަން އޯޑިއަންސަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ބޮނޭ ދަނީ 2016 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމް "ޕިންކް" ގެ ރީމޭކެއް ޓެމިލް އެކްޓަރ އަޖިތްޢާއި އެކު ހަދަމުންނެވެ.

ހިންދީ ފިލްމްގެ ރީމޭކް ހަދަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެމުން ބޮނޭ ބުނެފައިވަނީ ކުރިން އޭނާ ވާނީ ހިންދީ ފިލްމް ތައްޔާރު ކުރުމަށްޓަކައި ސައުތް އިންޑިއަން ފިލްމްގެ ރައިޓްސް ގަނެފައި ކަމަށާއި މީހާރު އެކަން އަނެއް ކޮޅަށް ޖެހީ ކަމަށެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް