ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 19:11
އާލިއާ ބަޓް، ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޚާން
އާލިއާ ބަޓް، ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޚާން
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ބަންސާލީގެ އިންޝާﷲ ގައި ސަލްމާން އާއި އެކު އާލިއާ
މި ފިލްމް ވެގެން ދާނީ 20 އަހަރަށް ފަހު ސަލްމާން އާއި ބަންސާލީ އެކުގައި މަސައްކަތް ކުރާ ފިލްމަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމް "އިންޝާﷲ" ގައި ލީޑް ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ ސަލްމާން ޚާން އާއި އާލިއާ ބަޓް ކަން ޔަގީން ކޮށްދީފިއެވެ.

މި ފިލްމް ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވަނީ ސަލްމާން ޚާން ފިލްމްސް އާއި ބަންސާލީ ޕްރޮޑަކްޝަންސް ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމް ވެގެން ދާނީ 20 އަހަރަށް ފަހު ސަލްމާން އާއި ބަންސާލީ އެކުގައި މަސައްކަތް ކުރާ ފިލްމަކަށެވެ.

ބަންސާލީ އާއި އެކު ސަލްމާން މަސައްކަތް ކޮށްފައިވަނީ 1999 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ހަމް ދިލްދެ ޗޫކޭ ސަނަމް" ގައެވެ. މި ފިލްމްގެ ލީޑް ރޯލް ކުޅެފައިވަނީ ސަލްމާން ޚާން އާއި އައިޝްވަރިޔާ ރާއީ އަދި އަޖޭ ދޭވްގަން އެވެ.

 ދާދި ފަހުން އާލިއާ އާއި ސަލްމާން މި ފިލްމައި ބެހޭގޮތުން ވާހަކަ ދެއްކުމަށް މުމްބާއީ ގައި ހުންނަ ބަންސާލީގެ އޮފީހަށް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާލިއާއަށް މި ފިލްމަށް މަރުހަބާ ކިޔުމަށް ސަލްމާން ކޮށްފައިވާ ޓްވީޓްގައި ވަނީ ވިހި އަހަރު ފަހުން ބަންސާލީ އާއި އެކު މަސައްކަތް ކުރެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި އާލިއާ އާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ވަނީ ބުނެފައެވެ.

އާލިއާވެސް ވަނީ ބަންސާލީ އާއި ސަލްމާން އާއި އެކު މި ފިލްމްގައި މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ. އާލިއާ ބުނެފައިވަނީ އެންމެ ފުރަތަމަ ބަންސާލީގެ އޮފީހަށް ދިޔައީ އޭނާގެ އުމުރުން 9 އަހަރުގައި ކަމަށެވެ. އެދުވަހު އޭނާ ވަރަށް ނާވަސް ވެފައިވާ ކަމަށާއި އެދުވަހުން ފެށިގެން ވެސް އުއްމީދު ކުރަމުންދިޔައީ ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބޭނެ ކަމަށް ކަމަށް އާލިއާ ވަނީ ބުނފައެވެ.

މި ފިލްމްގައި ޚާއްސަ ރޯލަކުން ޝާހުރުކް ޚާން ވެސް ފެނިގެން ދާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެންމެ ފަހުން ރިލީޒް ކުރި ބަންސާލީގެ ތިން ފިލްމަކީ "ގަލިޔޯންކީ ރަސީލާ ރާމް ލީލާ"، "ބާޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތް" އެވެ. މި ތިން ފިލްމްގައި ވެސް ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެވެ. "ޕަދްމާވަތް" އަކީ ބަންސާލީ ގެ ފިލްމް ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ. މި ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 550 ކްޜޯޑް ރުޕީސް ލިބިގެން ގޮސްފައެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ކަލަންކް" އާއި ބަރްމާސްތްރާ" އިންނެވެ.

އަދި ސަލްމާން އެންމެ އަވަހަށް ފެނިގެން ދާނީ ކެޓްރީނާ އާއި އެކު "ބާރަތް" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް