ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 17:12
ހަޑްސަން އޮޑޯއީ
ހަޑްސަން އޮޑޯއީ
ގޫގުލް
2020 ޔޫރޯ ކޮލިފައިން
2020 ޔޫރޯ ކޮލިފައިން: ޗެލްސީގެ ވިންގަރ ހަޑްސަން އޮޑޯއީ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ސްކޮޑަށް
އޮޑޯއީއަށް ފުރުސަތު ދިނީ ޔޫރޯ ކޮލިފައިންގައި ޗެކްރިޕްބްލިކް އަދި މޮންޓެނެގްރޯ އާއި ދެކޮޅަށް ނުކުންނަ ސްކޮޑުން

2020 ގެ ޔޫރޯ ކޮލިފައިންނަށް ނެގި ސްކޮޑުން ޗެލްސީގެ ކެލުމް ހަޑްސަން އޮޑޯއީއަށް ފުރުސަތު ދީފިއެވެ.

ޔޫރޯ ކޮލިފައިންގައި ޗެކްރިޕްބްލިކް އަދި މޮންޓެނެގްރޯ އާއި ދެކޮޅަށް ނުކުންނަ އިނގިރޭސިވިލާތުގެ ސްކޮޑަށް އޮޑޯއީ ގެނެސްފައިވަނީ ހޯމަ ދުވަހުއެވެ.

މިހާތަނަށް 19 މެޗު ޗެލްސީއަށް ކުޅެދީ ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވާ އޮޑޯއީ އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

18 އަހަރުގެ އޮޑޯއީ ބުނީ އިނގިރޭސިވިލާތުގެ ޓީމުގެ މެނޭޖަރ ގުޅުމުން ޝޮކެއް ލިބުން ކަމަށާއި ޓީމުގެ ސްކޮޑުގައި ހިމެނުމުން އުފާ ކުރާ ކަމަށާއި މި ފުރުސަތުގެ ބޭނުންހިފައި އޭނާއަށް އިތުރު ތަޖުރިބާތަކެއް ލިބިގެން ދާނެކަމަށެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ 21 އަހަރުން ދަށުގެ ޓީމުގެ ސްކޮޑަށް ވެސް ކުޅެފައިވާ އޮޑޯއީ ބުނީ މިއީ ދެކެމުންއައި ހުވަފެނެއް ކަމަށާއި، މިފަދަ ފުރުސަތެއް ލިބުމުން މިއީ އިތުރަށް މަސައްކަތްކޮށް ފުޓުބޯޅައިގައި ކުރިއަށް ދާން ހުޅުވުނު ދޮރެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

އޮޑޯއީގެ އިތުރުން ސައުތް ހެމްޕްޓޮންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމްސް ވާރޑް ޕްރޯވސް ވެސް ވަނީ ސްކޮޑްއަށް ނަގާފައެވެ.

ޔޫރޯ ކޮލިފައިންގައި މާރޗް 22 ވާ ހުކުރު ދުވަހު ޗެކްރިޕަބްލިކްއާއި ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު، މާރޗް 25 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ މޮންޓެނެގްރޯ އާއި ދެކޮޅަށެވެ.

ޒުވާން ވިންގާ ހަޑްސަން އޮޑޯއީ އޭނާގެ ކެރިއަރުގައި 23 މެޗު ކުޅެފައިވާއިރު، ޔޫރޯ ކޮލިފައިންގައި ކުޅެފިނަމަ އޭނާ ވަނީ އިނގިރޭސިވިލާތުގެ އައްވަނައަށް އެންމެ ގިނަ މެޗުތަކެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް