ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 17:06
ފީފާ ވިމެންސް ވޯރލްޑްކަޕްގެ ތަށި
ފީފާ ވިމެންސް ވޯރލްޑްކަޕްގެ ތަށި
ގޫގުލް
ވިމެންސް ވޯލްޑްކަޕް
ފީފާ ވިމެންސް ވޯލްޑް ކަޕް ބާއްވަން ނުވަ ގައުމަކުން ޝައުގުވެރިވޭ
އަންނަ މަހުގެ ހައެއްގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެ
މުބާރާތް ބާއްވާ ގައުމު ކަނޑައަޅާނީ ފީފާގެ ކައުންސިލްގައި ނަގާ ވޯޓުން

ދެހާސްތޭވީސް ވަނަ އަހަރުގެ އަންހެން ވޯރލްޑް ކަޕް ބޭއްވުމަށް ނުވަ ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

އަންހެން ވޯލްޑް ކަޕް ބޭއްވުމަށް ހުށަހެޅުމަށް ގައުމުތަކަށް އޭޕްރިލް ހައެއްގެ ނިޔަލަށް ވަގުތު އޮތް އިރު މިހާތަނަށް ނުވަ ގައުމަކުން ވަނީ ހުށައަޅާފައެވެ. މިހާ ގިނަ ގައުމުތަކުން މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރި މިއީ ފުރަތަމަ ފަހަރެވެ.

2023 ވަނަ އަހަރުގެ އަންހެން ވޯރލްޑް ކަޕް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އަރޖެންޓީނާ، އޮސްޓްރޭލިއާ، ބޮލީވިއާ، ބްރެޒިލް، ކޮލޮމްބިއާ އަދި ޖަޕާން، ނިއު ޒިލޭންޑް ގެ އިތުރުން ސައުތު އެފްރިކާއެވެ.

ރިޕޯރޓްތަށް ބުނާ ގޮތުގައި މުބާރަތް ބާއްވަން ބޭނުންވާ ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށް ހުށައެޅުމުން ފީފާއިން އެކަމަށް އެދި ހުށައަޅާ ގައުމުތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި، ގައުމުތަކުގެ ދެމެހެއްޓެނިވި އިންސާނީ ހައްގުތަށް ހުރި މިންވަރަށް ބެލުމަށްފަހު ދެފުށް ފެންނަ އިވެލުއޭޝަންއެއް ހަދައި މުބާރަތް ބޭއްވުމަށް އެންމެ އެކަށީގެންވާ ގައުމަކަށް އެ ފުރުސަތު ދޭނެއެވެ.

މުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅާނީ ފީފާގެ މެމްބަރުން ތިބޭ ކައުންސިލްގައި ނެގޭ ވޯޓަކުންނެވެ.

ދެހާސްނަވާރަ ވަނަ އަހަރުގެ އަންހެން ވޯރލްޑް ކަޕް ޖޫން ހަތެއްގައި ފަށާއިރު، 2021 ވަނަ އަހަރުގެ ޔޫރަޕިއަން އަންހެން ވޯރލްޑް ކަޕް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިނގިރޭސިވިލާތުން އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް