Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 14:15
ވޯޓު ކަރުދާސް ގުނަނީ: މި ފަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ފަރާތެއް އީސީ އިން މިއަދު ކަނޑައަޅާނެ
ވޯޓު ކަރުދާސް ގުނަނީ: މި ފަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ފަރާތެއް އީސީ އިން މިއަދު ކަނޑައަޅާނެ
ރާއްޖެ އެމްވީ
އިލެކްޝަންސް ކަމިޝަން
ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ފަރާތެއް އީސީ އިން މިއަދު ކަނޑައަޅަނީ
ޕްރިންޓް ކުރަން އެދި ހުށައެޅީ އެމް7 ޕްރިންޓާސް އަދި ނޮވެލްޓީ ޕްރިންޓާސް އިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރާނީ ކޮން ބައެއްތޯ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ އަންގާރަ ދުވަހުގެ ހަވީރު ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ފަރާތެއް ކަނޑައަޅާނެ ކަމަށެވެ.

ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރަށް އެ ކަމިޝަނުން އިއުލާން ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަމަށް އެދި ހުށައެޅީ އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްތައް ޕްރިންޓްކުރި އެމް7 ޕްރިންޓާސް އަދި ނޮވެލްޓީ ޕްރިންޓާސް އިންނެވެ. 

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދީފައި ވަނީ އެމް7 ޕްރިންޓާސް އިންނެވެ. އެ ފަހަރު އެމް7 އިން ވަނީ 264,756 (ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ފަންސާސް ހައެއް) ވޯޓު ކަރުދާސް ޗާޕުކޮށްފައެވެ.

މި ފަހަރުގެ އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އީސީ އިން ވަނީ ފުލުހުންނާ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. 

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް