ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 14:20
މުނި ހޯމް ކެއަރ ރޯދަ ސޭލް
މުނި ހޯމް ކެއަރ ރޯދަ ސޭލް
ޓްވިޓަރ
މުނި ހޯމްކެއަރ
ބޮޑެތި ޑިސްކައުންޓްތަކާއި، ތަފާތު ގިނަ އިނާމްތަކާ އެކު މުނި ހޯމްކެއަރ ރޯދަސޭލް ފަށައިފި
މި ސޭލް ކުރިއަށްދާނީ 16 މެއިގެ ނިޔަލަށް

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް މުނި ހޯމަކެއަރގެ ހުރިހާ ފިހާރަތަކެއްގައި އަޅުވާ ސުޕަރ ފާސްޓް ރޯދަ ސޭލް ތަފާތު ހަރަކާތްތަކާ އެކު ފަށައިފިއެވެ.

އަމީނީ މަގު ހައުސިންގ މިނިސްޓްރީ ކުރިމަތީގައި ހުންނަ މުނި ހޯމްކެއަރ ލިވިންގ ސެންޓަރ އިން ވިއްކާ ސެނިޓަރީ ވެއަރގެ އައިޓަމްސްތަކުގެ ތެރެއިން ފާހާނާ ތަށި، ފާހާނާ ދޮރު، ލަކުޑި ދޮރު، މުށި އަދި މުށި ޖަހާ ސިމެންތިން ވަނީ ވަރަށް ބޮޑުތަމް އަގު ހެޔޮކޮށްފައެވެ.

އެތަނުން ވިއްކާ ހައި ކޮލިޓީ ފަރުނީޗަރުން ބޮޑު ޑިސްކައުންޓްތަކާ އެކު ވަގުތުން ހިލޭ އެތައް ހަދިޔާއެއް ލިބިގެންދާއިރު ޔޫރަޕްގެ މޮޅު ވަރުގަދަ ބްރޭންޑްތައް ބޭނުންކޮށްގެން ރާއްޖޭގައި ވިއްކަމުންގެންދާ އެންމެ އިތުބާރު ހުރި ބަދިގެ ސެޓްތަކުން ވެސް ބޮޑު ޑިސްކައުންޓަކާ އެކު ބަދިގެއަށް ބޭނުންވާ އިތުރު އައިޓަމްސް ހިލޭ ލިބޭނެ ކަމަށް މުނި ހޯމްކޭއަރ އިން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުގައި ހުންނަ ފަރުނީޗަރ ސެންޓާރ އިން ވިއްކާ ބެޑްރޫމް ސެޓް، ސޯފާ ސެޓް، ޑައިނިންގ ސެޓް، އަދި ވެސް ސިޓިންގ ރޫމާއި ކޮޓަރި އާއި އިންޑޯރ އަދި އައުޓް ޑޯރ ފަރުނީޗަރާއި އެހެނިހެން އައިޓަމްސްތަކުން ބޮޑު ޑިސްކައުންޓްތަކާ އެކު ވަގުތުން ހިލޭ އެތައް ހަދިޔާއެއް ލިބެއެވެ.

ނޯތު ހާރބަރ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ މުނި ޓްރޭޑަރސް އާއި ހުޅުމާލޭ ސެންޓްރޯ މޯލްގެ 3 ވަނަ ފްލޯގައި ހުންނަ މުނިހޯމްކެއަރ ސޭލްސް ސެންޓަރގައި ވެސް މި ސޭލްގައި ބޮޑު ޑިސްކައުންޓްތަކާ އެކު ހިލޭ އެތައް ހަދިޔާއެއް ވަގުތުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ވެސް ސުޕަރ ފާސްޓް ރޯދަސޭލްގައި ކޮންމެ ހަފްތާއަކު މުޅިން ހިލޭ އަގުހުރި އިނާމްތަކެއް ލިބިގެންދާއިރު ގްރޭންޑް ޕްރައިޒްގެ ގޮތުގައި 1 ވަނަ އަށް ހޮވޭ ފަރާތަކަށް ބެޑްރޫމް ސެޓެއް، 2 ވަނަ ފަރާތަކަށް ސޯފާ ސެޓެއް އަދި 3 ވަނަ ފަރާތަކަށް ޑައިނިންގ ސެޓެއް ދެވޭނެއެވެ.

މުނި ހޯމްކެއަރ ގެ ރޯދަސޭލް ސުޕަރ ފާސްޓް ކުރިއަށްދާނީ 12 މާރޗް އިން 16 މެއި 2019 ގެ ނިޔަލަށެވެ. މިސޭލް އިން ވިޔަފާރިކުރައްވާ ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ލިބިގެންދާއިރު ކޫޕަން ފުރާލާލައްވައި މުނިހޯމްކެއަރ ގެ ފިހާރަތަކުގައި ބެހެއްޓިފައިވާ ފޮށިތަކަށް ކޫޕަންލުމުން ގްރޭންޑް ޕްރައިޒްގައި ބައިވެރިވެވޭނެއެވެ.

ކަސްޓަމަރުންގެ ފުރިހަމަ އިތުބާރާއިއެކު ބޮޑު ތަރުހީބެއް ލިބިގެން ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ސުޕަރ ފާސްޓް ސޭލް ބާއްވަމުން އަންނައިރު މި ސޭލަކީ މި ގޮތަށް ރާއްޖޭގައި މެދުކެނޑުމެއް ނެތި އެންމެ ދިގުމުއްދަތަކަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ ބޮޑު ފަރުނީޗަރ ސޭލްއެވެ.

- ކޮމެންޓް