Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 08:46
ފިނޭންސް މިނިސްޓްރީ - 11 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވޭ
ފިނޭންސް މިނިސްޓްރީ - 11 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވޭ
މުހައްމަދު ޝަރުހާން
ފިނޭންސް މިނިސްޓްރީ
11 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
ބީލަން ހުޅުވުން އޮންނާނީ 18 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

އެގާރަ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް، ޤާއިމްކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާންކޮށްފައިވާ 11 ރަށަކީ ހއ. ފިއްލަދޫ، ހދ. ފިނޭ، ހދ. ނައިވާދޫ، ށ. ނަރުދޫ، ށ. މާއުނގޫދޫ، ނ. ޅޮހި، ނ. ހޮޅުދޫ، ރ. އިނގުރައިދޫ، ފ. މަގޫދޫ، ލ. މާވަށް އަދި ކ. ގުޅި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި މިބީލަމުގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ ސަތޭކަ ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 18 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުން ހިމެނެ އެވެ. އެއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްކަމަށާއި، އެއީ ސަރުކާރުގެ ހެޔޮ ފުޅުކަމުން ކޮށްދޭކަމެއްގެ ބަދަލުގައި ސަރުކާރުން ކުރުން ލާޒިމްވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް