ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 11:28
5 އަހަރުގެ މޮޑެލް ޖެއަރ
5 އަހަރުގެ މޮޑެލް ޖެއަރ
މުހައްމަދު ޝަރުހާން
މޮޑެލިން
ނައިޖީރިއާގެ 5 އަހަރުގެ މި މޮޑެލް އިންޓަނެޓް ފްލަޑްކޮށްލައިފި
މޮޑެލިންގެ ދާއިރާއިން ތިންބެއިންނަށް ގިނަ ހުށައެޅުންތައް ދަނީ ލިބެމުން

ނައިޖީރިއާގެ އުރުން އެންމެ ފަސް އަހަރުގެ މޮޑެލް ޖެއަރ މުޅި އިންޓަނެޓް ފްލަޑްކޮށްލައިފިއެވެ.

ވެޑިންގ ފޮޓޯގްރާފަރއެއް ކަމަށްވާ މޯފޭ ބަމުޔިވާ ނެގި ޖެއަރގެ މޮޑެލިންގ ފޮޓޯތައް އިންސްޓަރގްރަމްގައި ޕޯސްޓްކޮށްލުމާ އެކު އެތައް ހާސްބަޔަކު ކަޅު ނަސްލުގެ މި ކުއްޖާގެ ފޮޓޯތަކަށް ލައިކްދީ ފޮލޯކުރަން ފެށިއެވެ.

"މީ ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާ. މީ އޭންޖަލްއެއް" އެތައް ބަޔަކު ކުރި ކޮމެންޓްގައި ވެއެވެ.

މިއީ ދުނިޔޭގައި ހުރި އެންމެ ރީތި ކުޑަ ކުއްޖާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

އިންސްޓަގްރާމްގައި "ޖޭ3 ސިސްޓަރސް" ގެ ނަމުގައި ވާ އައިޑީގައި ޖެއަރގެ އެއްބަނޑު އެއްބަފާ ދެ ދައްތައެއްގެ މޮޑެލިންގ ފޮޓޯތައް ވެސް ހިމެނެއެވެ. އެ ކުންދިންނަކީ ވެސް ވަރަށް މޮޅަށް މޮޑެލްކުރާ ކުދިން ކަމަށް ފޮޓޯގްރާފަރ މޯފޭ ބަމުޔިވާ ބުނެއެވެ. އަދި އެ ކުދިންނަކީ މޮޑެލިންގައި ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ކުދިންކޮޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޖޭ3 ސިސްޓަރސް"

"ޖެއަރގެ މި ފޮޓޯތަކަށް މިހާ ބޮޑު ތަރުހީބެއް ލިބުނީ ހަމަ ހަގީގަތުގައި ވެސް އެ ކުއްޖާ ލޯބިކަމުން. އެކަމު މިހާވަރު ވާނެ ކަމަށް ހީވެސް ނުކުރަން. ހައިރާންވެއްޖެ. ފޮޓޯ ނެގުމުގައި އެތައް އަހަރެއްވެއްޖެ. މިވަރުކަމެއް ނުދެކެން،" ފޮޓޯގްރާފަރ މޯފޭ ބަމުޔިވާ ބުންޏެވެ.

 

ޖެއަރ

  "ޖޭ3 ސިސްޓަރސް"  ފޮލޯކުރާ 131000 (އެއްލައްކަ އެއްތިރީސް ހާސް)  ފޮލޯވާސް ތިބިއިރު، މޮޑެލިންގެ ދާއިރާ އިން އެ ތިންބެއިންނަށް ގިނަ ހުށައެޅުންތައް ދަނީ ލިބެމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް